ގައުމީ ގުރުއާން މުބާރާތުގެ 1 ވަނަ ޝަބާ، ޝައިމް އަދި ޝާޔާއަށް

ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ ފާތިމަތު ޝާޔާ ޒާހިރަށާއި އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާއަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ހާސިލު ކުރި ތިން ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ތަފްސީލް - އަގުހުރި ގިނަ އިނާމުތަކެއް މި އަހަރުގެ ގުރުއާން މުބާރާތަށް ވަނީ ހުށަހަޅައިފަ އެވެ.
މުޅި މުބާރާތުން އެއްވަނައަށް އައި ބައިވެރިންނަށް ހުށަހަޅާފައިވާ އިނާމުތަކަކި:
ރައީސްގެ ޝަރަފުގެ ފިލާ
ރައީސް ދެއްވާ 100،000ރ.ގެ ފައިސާގެ އިނާމު
ރައީސް ދެއްވާ ހާއްސަ އިނާމު
ބޭނުން ރޮނގަކުން، ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް
ކީރިތި ގުރުއާނާ ބެހޭ މަރުކަޒާއި ޒަކާތު ހައުސް އަދި އިސްލާމިކް ޑިވެލޮޕްމެންޓު ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީން ދޭ 75،000ރ.ގެ ފައިސާގެ އިނާމު
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު
މުޅި މުބާރާތުގެ އެއްވަނަ ލިބުނު ބައިވެރިންގެ ތެރޭ ހިމެނެނީ:
ހާފިޒު ކަމުގެ ގޮފިން 1 ވަނަ: ފާތިމަތު ޝާޔާ ޒާހިރު، ތަދްރީސުލް ގުރުއާނުލް ކަރީމް
 ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ: އާއިޝަތު ޝަބާ، ށ. އަތޮޅު ކައުންސިލް
ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ: އަހުމަދު ޝައިމް ރިޒާ، ލ. އަތޮޅު ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ