ރައީސް ގަތަރުގެ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެއަށް

އަރަބި-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުުރު ނިންމަވާލެއްވުމަށް ފަހު، މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ރޭ ރައީސް ގަތަރަށް ވަޑައިގެންނެވީ، އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން އަރަބި-އިސްލާމީ ގައުމުތަކުގެ ވެރިން ބޭއްވި އިމަޖެންސީ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ، ފަލަސްތީނުގެ ހާލަތާ ގުޅޭ ގޮތުން ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުން އަޑުއިއްވަވާފަ އެވެ.
ގަތަރުގެ ދޯހާއަށް އިޒްރޭލުން ދިން އެ ހަމަލާ ކުށްވެރި ކުރެއްވި އެވެ.
ތަފްސީލް - އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި:
އެ ހަމަލާގެ ސަބަބުން، އިޒްރޭލުން ސުލްހަ ބޭނުން ނުވާކަން ޔަގީންވޭ
އެއީ ސީދާ ސުލްހައަށް ހަމަލާދީ، މެދުވެރިއެއްގެ ރޯލަށް ހުރަސް އެޅުން
އެ ބައްދަލުވުމުގެ ކުރިން ރައީސް ވަނީ ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އަލް ސާނީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ