އަލިމަގު އޮޕަރޭޝަނުގެ ތެރެއިން 29 ކިލޯގެ މަސްތުވާތަކެތި ހޯދައިފި

ޑުރަގާ ދެކޮޅަށް މި މަހުގެ އެއްވަނަ ދުވަހު މުޅި ރާއްޖޭގައި ފުލުހުން ފެށި އޮޕަރޭޝަން "އަލިމަގު" ގައި މިހާތަނަށް 30 ކިލޯއާ ގާތްކުރާ އަދަދަށް މަސްތުވާތަކެތި ހޯދައިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޮޕަރޭޝަން އަލިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 ފުލުހަކު ބައިވެރިވެފައިވާ ކަމަށެވެ. މި އޮޕަރޭޝަން 39 ރަށެއްގައި ހިންގިއިރު 105 ތަނެއް ބަލައިފާސްކޮށް 110 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އެއްގަމު ނުވަ އުޅަނދެއް ބަލައިފާސްކުރިއިރު، ކަނޑު އެއް އުޅަނދު ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި 29.68 ކިލޯގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވީ. 110 މީހަކު ހައްޔަރުކުރިއިރު 61 މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވި ކަމަށެވެ. އަދި 38 ފަރާތެއް ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރިކަމަށް ވެސް ވިދާޅުވިއެވެ. މުސްލިމް ވިދާޅުވީ އެންމެ ބޮޑަށް ފުލުހުން އެއް ވަގުތެއްގައި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވީ މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ކަމަށެވެ. އޮޕަރޭޝަންގެ އިތުރު ފޭސްތައް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ