50 ވަނަ ޕަބްލިކް އޯޑާ ޓްރެއިނިން ފަށައިފި

ފުލުހުންގެ 50 ވަނަ ޕަބްލިކް އޯޑާ ޓްރެއިނިން ކޯސް ފަށައިފި އެވެ.
ށ. ފުނަދޫގައި ފެށި މި ކޯހަކީ އަޕާ ނޯތު ޕޮލިހާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގައި 22 ފުލުހުން ބައިވެރިވި އެވެ. އެއީ 20 ފިރިހެން ފުލުހަކާއި ދެ އަންހެން ފުލުހެކެވެ.
ޕަބްލިކް އޯޑާ ޓްރެއިނިން ކޯހަކީ، ޕަބްލިކް ޑިސްއޯޑާ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުން ކުރުމަށް ތަމްރީނުދޭނެ އެވެ. އަދި ކޯހުގެ ތެރެއިން ކިޔަވައި ދެވޭ ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ވެސް ކުރިއަށް ގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ