ދިވެހި ކުންފުނިތަކުން ވަރަށް ރަނގަޅަށް ޤަަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާކަމަށް، މާލީކަންކަމާއި ތަރަށްޤީގެ ރޭވުންތެރިކަމާއިބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ވޭތުވެދިއަ ދުވަސްތަކަށް ބަލާއިރު، ޓެކްސް ގަވައިދުން ދައްކާކަން ފާހަގަކުރެވެނީ ދިވެހިންގެެ ކުންފުނިތައް ކަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހިންގެ ކުންފުނިތަކުން ރާއްޖޭގަ އޮޕަރޭޓްކުރާ ދިވެހިންގެ ކުންފުނިތަކުން ވަރަށް ބަރާބަރަށް ޓެކްސް ދައްކަމުންގެންދާކަމަށް ފާހަގަކުރެވޭ. މިސާލަކަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމުގަވިއަސް." ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒިރު ވިދާޅުވީ ދިވެހި ކުންފުނިތަކުގެ އިންވެސްތްމަންޓްގެ ފައިދާވެސް ދިގުމުއްދަތެއްގައި ޤައުމަށް ކުރަމުންދާކަމަށާއިި، އެގޮތުން ދިވެހި ކުންފުނިތައް ކޮޅަށްޖެހުމަށް ވެދެއްވެން އޮތް އެހީތެރިކަމަށް ކަންކަން މަގުފަހިކޮށްދިނުން މުހިންމު ކަމަށެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކަށް ބައެއް ކަހަލަ ޓެކްސް ދެއްކުމުގައި މައްސަލަތަކެއް ދިމާވަމުން އެބަދާކަމަށާއި، އެކަން ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުންްގެންދަވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ދިވެހި ކުންފުނިތަކުން ވަރަށް ރަނގަޅަށް ޤަަވައިދުން ސަރުކާރަށް ދަނީ ޓެކްސް ދައްކަމުން: މާލީ ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ