ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިއަ 05 ބިދޭސީން ހައްޔަރުކޮށްފި މައީޝާއާ ގުޅޭ ރިޕޯޓު ލިބުމުން އަމަލުކުރީ އާންމު އުސޫލުން: މިނިސްޓްރީ ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ސިނގިރޭ

އައްޑޫ ސިޓީގެ ފޭދުއާއި މީދުއާއި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
އަބްދުالله ދީދީ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، އެ މާއްދާގެ (ޏ)ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެއް ކަމަށެވެ.
މި ގަރާރަކީ ދުސްތޫރީގޮތުން ސައްހަ ގަރާރެއް ނޫންކަމަށް ބަލަންޖެހޭ ދުސްތޫރީ އަދި ގާނޫނީ ސަބަބުތައް ފާހަގަކުރައްވަމުން ދީދީ ވިދާޅުވީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ކަމަށެވެ. އެހެންކަމުން ގައުމީ މުހިންމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާކުރަން ވާނީ ސައްހަ މިންގަނޑެއްގެ މައްޗަށް ބިނާކޮށް ކަމަށް ދީދީ ވިދާޅުވިއެވެ.
މިގޮތުން ބަލާއިރު، މުޅި ދައުލަތް އޭގައި ޝާމިލުނުވާ ވަކި އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ މައްސަލަތަކަކީ ގައުމީ މުހިއްމު މައްސަލައެއްކަމަށް ބަލައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނަގާ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް، ދީދީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ