ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިވަގުތަށް މޫސުން ރީތިކަމަށް ދެއްކިނަމަވެސް މުޅިން މޫސުން އަލި ނުވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.'
މެޓް އޮފީހުން ބުނީ މާލެ ސަރަހައްދުގެ އިތުރުން ދެކުނުގެ ބައެއް ހިސާބުތަަކށް މޫސުން ރީތިވިނަމަވެސް ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުޅޭކަމަށެވެ. މެޓް އޮފީހުން ބުނީ މިއަދުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅަށް ފެންނަ ނަމަވެސް، ވައިގެ ބާރުމިން ޖުމްލަ ގޮތެއްގައި ހުންނާނީ، 13 މޭލާއި 25 މޭލާ ދެމެދުގައި ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަނަމަވެސް ވިލާގަނޑުގައި އިތުރަށް ގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއާ ކައިރީ އުފެދުނު ކޮޅިގަނޑު ރާއްޖެއާ ދުރަށްދާން ފަށާފައިވާއިރު، މިދިޔަ ދެ ހަފްތާއެއްހާދުވަހު ރާއްޖެއަށް ވަނީ ވަރަށްބޮޑަށް ވިއްސާރަކޮށްފައެވެ. މިފަހުން ކުރިމަތިވި މޫސުމީ ވިއްސާރާގައި ރާއްޖޭގެ ކަނޑުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްލާލުމާއި، ފެންބޮޑުވުންފަދަ ކަންކަން ވަނީ ކުރިމަތިވެފައެވެ.
މިއަދެކޭ އެއްގޮތަށް މާދަމާވެސް މޫސުން ރީތި ވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކުރެއެވެ.
މޫސުން މިވަގުތަށް ރީތިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ