އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ރޭ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ރޭ ހައްޔަރުކުރީ:
ހަސަން އަބްދުއްރަހްމާން، 52، ލިންކް/ކ. ތުލުސްދޫ
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގައި މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ހެނދުނު ބުންޏެވެ. އެގޮތުން، ފުލުހުން ބުނީ:
އެ އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
އެނގުން މުހިންމު - މި މައްސަލައިގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި މިފްކޯގެ މުވައްޒަފަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ. އަދި 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރީ:
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) 65 - ބަންދަށް 10 ދުވަސް ޖަހާފައިވޭ
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މި ދެ މީހުންގެ މައްޗަސް ކުރަނީ އެ ވައްކަން ރާވައި އެކަން ކުރަން ފައިސާ ދިން ކަމުގެ ތުހުމަތު
އޭގެ އިތުރުން، ދެން ހައްޔަރުކުރީ:
މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ - އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަސް؛ މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ޖަހާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް - އޭނާގެ ބަންދަށް ޖެހީ 10 ދުވަސް
މި ދެ މީހުންގެ މައްޗަށް ކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތު
ސިނގިރޭޓު ވައްކަން: ރޭ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ