މިސްރާއެކު ރާއްޖެއިން މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޚާރިޖީ
ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު މިޞްރަށް ކުރައްވަމުން ގެންދަވާ
ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ކަމާބެހޭ ވުޒާރާތަކާއެކު މުހިންމު ކަންކަމާ ގުޅޭގޮތުން
މަޝްވަރާކުރައްވައިފިއެވެ.
ޚާރިޖީ
ވަޒީރުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު
ޢަބްދުލްލަޠީ އާ ބައްދަލުކުރައްވާފައެވެ. ތަޙްރީރު ޕެލެސްގައި ބޭއްވުނު މި
ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު  ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެޤައުމުގެ
ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާ ކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ
އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް މިޞްރުގެ އަލް-އަޒްހަރު ޔުނިވާރސިޓީން
ފޯރުކޮށްދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ޝުކުރުއަދާ
ކުރެއްވިއެވެ.
އަދި
އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް
ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ
ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް
ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި،
އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން
މިނިސްޓަރ ޑރ. ޚަލީލު، މިޞުރުގެ ފޮރިން މިނިސްޓަރއާ މަޝްވަރާކުރެއްވިއެވެ. އަދި
މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ
ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިޞްރާ ދެމެދު
ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ
މަޝްވަރާކުރައްވާފައެވެ.
މިސްރާއެކު
ރާއްޖެއިން މިއަދު ވަނީ ސިޔާސީ ދާއިރާއިން ދެޤައުމުގެ ދެމެދު އެއްބާރުލުން ދިނުމުގެ
އެއްބަސްވުމެއް ގާއިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ