600އަށް ވުރެ ގިނަ މީހުން އެއްފަހަރާ ފީނައި ބ. އަތޮޅު ދުނިޔޭގެ ރެކޯޑު ފޮތަށް

ބ. އަތޮޅުގައި 600އަށް ވުރެ ގިނަ މީހުން އެއްފަހަރާ ފީނައިގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ ކޯޕަރޭޝަނާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން "ބާނި"ގެ ނަމުގައި ހިންގި މި ހަރަކާތުގައި އެ އަތޮޅުގެ 15 ރިސޯޓަކާއި 13 ރަށަކުން 623 މީހުން ބައިވެރިވި ކަމަށެވެ. https://x.com/visitmaldivesco/status/1979547139186540551 މި ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:30އިން ފެށިގެން ގަޑިއިރެއް ވަންދެން ބ. އަތޮޅުގެ ވިލިނގިލިފަރުގައި ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. https://x.com/visitmaldivesco/status/1979551385806123052 ފީނުމުގެ މި ހަރަކާތުގައި ބައިވެރިން ރެކޯޑު ހެދުމަށްޓަކައި ދޮޅު މިނެޓު ވަނީ ހޭދަކޮށްފައެވެ. މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ހަރަކާތުން ފެނިގެން ދިޔައީ ދިވެހީންގެ އެއްބައިވަންތަކަން ކަމަށާއި، ދިވެހީންގެ ކަނޑު ހިމާޔަތްކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭން ދިވެހީން ދޭ އަހައްމިއްޔަތުކަން ކަމަށެވެ. މި ހަރަކާތަށް ފަހު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ވަނީ ރެކޯޑު މުގުރާލިކަމުގެ ލިއުމާއި ފިލައާއި ނިޝާން ބ. އަތޮޅު ކައުންސިލަށް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ