ޒީނިޔާއާއި އައިލީން މޭޒުގެ އެއްފަރާތުގައި އިށީނުމުން މައިޝާންއަށް އިށީންނަން ޖެހުނީ މުރުޝިދާ ޖެހިގެންހުރި ގޮނޑީގަ އެވެ. ހަމަ އިށީނުމާއެކު މުރުޝިދު ދެ ފަހަރަކު މައިޝާންގެ ކޮނޑުގައި ޖަހައިލުމަށްފަހު ސާބަހޭ ބުނާފަދައިން މައިޝާންއަށް ހިނިތުންވެލި އެވެ. އެއާއެކު މައިޝާން ހިނދުކޮޅަކަށް ހުއްޓުންއެރި އެވެ. މޭޒާ ކައިރިވެލުމަށް ގޮނޑީގެ ދެފަރާތުގައި ހިފަހައްޓައިލި އަތްވެސް ދޫކޮށްލަން ނޭނގިފައި އިނދެވުނީ އެވެ. ބައްޕަގެ ދެލޮލުން އޭނާއާމެދު ނަފްރަތާއި، ފޫހިކަމާއި، މާޔޫސްކަން ފިޔަވައި އިތުރު އަސަރެއް އެ ފެނުނީ ކިތައް އަހަރަށްފަހު ބާއޭ ހިތަށްއެރި އެވެ. ހަމަގައިމުވެސް މިއީ އޭނާގެ މުޅި އުމުރުގައިވެސް ބައްޕަގެ ދެލޮލުން ފަހުރުވެރިކަމާއެކު އޭނާއަށް ބަލައިލި ފުރަތަމަ ފަހަރުކަން މައިޝާންއަށް ޔަގީންވި އެވެ. އޭނާއަށް ލިބުނު ހިތްހަމަޖެހުމުގެ ހެއްކަކަށް ތުންފަތަށް ވެރިވި ހިނިތުންވުން ފުދެ އެވެ. މޭޒުގެ އަނެއްފަރާތުގައި އިން އައިލީންއަށް އޭނާ ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
"މަންމާ.. ދެން އަޅެ ލީން އެއިނީ ލަދުންނޭ.. އެހާވަރަށް ނުބަލަބަލަ" އައިލީން ފެނުނީއްސުރެން ކަޅި ޖަހާނުލައި އައިލީންގެ މޫނަށް ބަލަމުންދިޔަ ޒީނިޔާފެނި މައިޝާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"މަންމަ މީނީ އަދިވެސް ގަބޫލު ނުކުރެވިފަ. ވަރަށް އުފާވެއްޖެ. ދޯ މުރުޝިދު؟" މައިޝާންއަށް ކާން އަޅައިދޭން އަވަސްވެގަންނަމުން ޒީނިޔާ ބުންޏެވެ.
"ހްމްމް. އައިލީން ތިއީ ކޮން ގެއަކު ކުއްޖެއްތަ؟" މުރުޝިދު އަހައިލީ އާދައިގެ ރާގެއްގަ އެވެ.
"ލީން މާލެއެއްނޫން.. ކިޔަވަން މާލެ އައިސްގެން އުޅެނީ.." ޖަވާބުދިނީ މައިޝާނެވެ.
"އެހެންތަ؟ ދެކުދިން ކޮންއިރަކު.. ކިހިނެއްތަ ދިމާވީ؟"
“ވަރަށް ފަހުން ދިމާވީވެސް ދޯ ލީން" ޒީނިޔާގެ ސުވާލަށްވެސް ޖަވާބުދިނީ މައިޝާނެވެ. އެކަމަށްޓަކައި އައިލީން ހިތާހިތުން މައިޝާނަށް ޝުކުރުވެރިވި އެވެ. ހަގީގަތުގައިވެސް އޭނާ އިނީ އަނގައިން ބަހެއް ބުނެވޭވަރަށްވުރެން މާ ބޮޑަށްވެސް ހާސްވެފައެވެ. "އަސްލު މައިގެ ރައްޓެއްސެއް ލީން އަކީ.. ދެން އަހަރެންނާވެސް ކުޑަކޮށް ރަހްމަތްތެރިކަން އޮވޭ.. މިފަހުން ކިޔާ.. އެހެމް.. ކިޔާރާއާ މައްސަލަ ޖެހިގެން އުޅުނުއިރު ލީންއާ އޮތް ގުޅުން ގާތްވީ.. ދުވަސްކޮޅަކު ވާހަކަދައްކާލީމަ އަހަރެންނަށްވެސް ވިސްނުނީ.. ލީންއަކީ އަހަރެންގެ ހަޔާތައް ގެންނަން އެންމެ ރަނގަޅު ބައިވެރިޔާކަން" މައިޝާންގެ ވާހަކައިގައި ހުރި އޮމާންކަމުން ކޮންމެ މީހަކަށްވެސް އެވާހަކަ ގަބޫލުކުރެވޭނެކަން ގައިމެވެ. އެހެނަސް ޒީނިޔާއަށް އެވަރަކުން ނުފުދުނެވެ.
"ލީން.. ދަރިފުޅު ހާދަ މަޑުންނޭ ތި އިންނަނީ.. މި މައިޝާން މި ކިޔަނީ ތެދެއްތަ؟" އޭނާ އައިލީން ގާތުން ޔަގީންކުރި އެވެ.
"ހްމްމް.. ކުރިންވެސް މައިޝާން ކަމުދޭ.. އެކަމަކު އޭރު މައިޝާން އެހެން ކުއްޖެއްދެކެ ލޯބިވާތީ.. ދުރުގަ ހުރީ" އައިލީން ލަސްލަހުން ބުނެލި އެވެ.
"އާނ އޭރު މައިޝާނަށް ހީވީ އެ ކިޔާރާއަކީ ލައްކައެކޭ.. ނަސީބެއްނު ލީންކަހަލަ ކުއްޖަކާ ދިމާވެގެންވިޔަސް މައިޝާނަށް ވިސްނުނުކަން.. އަލްހަމްދުލިއްﷲ. އަހަރެން އެބަ އަންނަން އެނގޭ އެ ނުސްރާއަށް ގޮވާފަ. މަގޭ ޅީދަރިފުޅު ދައްކާލަން ވާނެއެއްނު" ޒީނިޔާ ދުރަށް ހިނގައިގަންނަމުން ދެއްކި ވާހަކައަށް މުރުޝިދު ބޯ ހޫރައިލި އެވެ. އޭރު މައިޝާނަށް އިނދެވުނީ ކާން ގެންގުޅުނު ސަމްސަލުގައި ނިކަން ބާރަށް ހިފަހައްޓައިލައިގެނެވެ. މަންމަގެ ދުލުން އެހާ ފާޅުގައި ކިޔާރާއަށް އޮތް ނުރުހުން އެ ހާމަކުރާ ކުރުން އަދިވެސް އޭނާއަކަސް ބަލައެއް ނުގަނެވެ އެވެ. އަދިވެސް އޭނާގެ ހިތުގެ ރާނީއަކީ ހަމަ ކިޔާރާ އެވެ. ނަމަވެސް އެމީހުންގެ ރެވުން ކާމިޔާބު ކުރުމަށްޓަކައި މިފަހަރު އޭނާއަށް ޖެހުނީ ރުޅި ކޮންޓުރޯލު ކޮށްލާށެވެ.
"އެކޮއެ ހާސްނުވޭ.. ޒީނިޔާގެ ހުންނާނެ އެކަހަލަ ދެއްކުންތެރި ގޮތެއް.. އަނެއްހެން ވަރަށް ހިތްހެޔޮވާނެ" ޒީނިޔާ އުޅުނު ގޮތުން ހާސްވެފައި އިން އައިލީންއަށް ބަލައިލަމުން މުރުޝިދު ހިނިތުންވެލި އެވެ.
މިނެޓެއްހާއިރު ފަހުން ޒީނިޔާ އެ އެޕަރޓްމެންޓަސް ވަނީ އޭނާއާ ދާދި އެއްއުމުރެއްގެ އަންހެނަކާ އެކުގަ އެވެ. އެ މީހާވެސް ހިތްހެޔޮ ހިނިތުންވުމެއްގައި ހުރެ އައިސް އައިލީންގެ ބޮލުގައި ފިރުމައިލި އެވެ. "މާޝާﷲ. ވަރަށް ފުރިހަމަ" ނުސްރާގެ ދުލުންވެސް އައިލީންއަށް ތައުރީފު އޮހުނެވެ.
"އަދި ވަރަށް ލަދުން އެ އިންނަނީ.. އަލަށް ދިމާވީމަ ކަންނޭނގެ" ޒީނިޔާ ހެވިފައިހުރެ ބުންޏެވެ.
"އެހެންތަ؟ އިޒޫ އަންނަ ދުވަހަކުން މައިޝާންވާނެ މިކުއްޖާ ގެންނަން.. އެއްއުމުރުގެ ކުދިންނާ ދިމާވީމަ އާވެފަ ނުހުންނާނެއެއްނު.. މަލްވެސް ރަނގަޅުނަ-" ނުސްރާގެ ވާހަކަ އެހިސާބުން ހުއްޓައިލިއިރު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަޅި ސުކުންތަކަށް ފޮހެވުނެވެ. އެހެނަސް ހަމަ އެހާމެ އަވަހަށް އެ ހިނިތުންވުން ތުންފަތަށް ވެރިކޮށްލަމުން ނުސްރާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "ނުސްރާއްތަމެންވެސް މިއީ ހަމަ ފެމިލީއޭ. މިއީ މައިޝާންގެ ބޮޑުބޭބެގެ އަންހެނުން. އަހަރެންގެ ތިބޭނީ ދެކުދިން. ދޮށީ އަންހެން ދަރިފުޅު އުޅެނީ މީހަކާ އިނދެގެން އެހެން ގެއެއްގަ. ދެން ހުންނާނީ ނަދާލް. ކޮބާތަ؟ ދެންމެ އަހަރެން ގޮވާލިން މައިޝާން އިންނަން އުޅޭ ކުއްޖާއާ ބައްދަލު ކޮށްލަން އަންނާށޭ ކިޔާފަ.. އަހަރެންނާއެކު އައިހެން ހީވިއޭ.. ނަދާލް"
ނުސްރާ ގޮވައިލުމުން އޮފީހުން އައި ފޯނުކޯލު ކުރުކޮށްލުމަށްފަހު އެޕަރޓްމެންޓްގެ ދޮރުން އެތެރެއަށް ވަތް ނަދާލް އައިލީންގެ ލޮލުގައި އަޅައިގަތެވެ. ގަމީހުގެ ގޮށްތައް ދޫކޮށްލެވިފައިވުމުގެ ސަބަބުން ހާމަވެފައިވާ ނަދާލްގެ ހަށިގަނޑަށް އައިލީންގެ ނަޒަރު ހުއްޓުނީ ބޭ އިޚްތިޔާރުގަ އެވެ. އޭނާ އަވަސްއަވަހަށް އިސްޖަހައިލަމުން ބެލުން ތިރިކޮށްލި އެވެ. އަޖައިބެކެވެ. ނަދާލްގެ މަކަރުވެރިކަން އެނގުމަށްފަހުވެސް ނަދާލް އެފަދަ ގޮތަކަށް ފެނުމުން އައިލީންގެ ހިތަށް އެކަމުން އެނގުން ވެލައިފި އެވެ. އޭރު ނަދާލްއަށްވެސް ހުރެވުނީ އައިލީން ފެނި ހުރި ފިޔަވަޅުމަތީގައި ގަނޑުވެފަ އެވެ. ބުމަ ގޮށްޖަހައިލެވުނު ގޮތުން އޭނާގެ ނިއްކުރިމައްޗަށް އެތައް ހާސް ރުލެއް އެއްފަހަރާ ޖަމާވި އެވެ. މިއީ ކޮންފަދަ ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔަ އެވެ. އޭނާ މިތަނަށް އައީ މައިޝާން ކައިވެނިކުރަން އުޅޭ ކުއްޖާއާ ބައްދަލުކުރާކަށް ނޫން ހެއްޔެވެ؟ ކިޔާރާއާ ބައްދަލުކުރާކަށް ނޫން ހެއްޔެވެ؟ ވީއިރު އައިލީން މިތަނުގައި މި ކުރަނީ ކީއް ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ބޭނުންވާ ފަދައަކުން ނަދާލްއަށް އެއްފަހަރު އައިލީންއަށް އަނެއްފަހަރު މައޝާނަށް ބަލައިލެވުނެވެ.
"ނެޑްއަށްވެސް އެނގޭނެ ކަންނޭނގެ ލީން ދޯ؟ މައިގެ ފްރެންޑެއްނު؟" ނަދާލްއާއި އައިލީންއަކީ ބީރައްޓެހިން ނޫންކަން އަންގައިދިނުމުގައި މައިޝާން އިސްނެގި އެވެ. އައިލީން ފެނި ނަދާލްގެ މޫނަށް ވެރިވި ކުލަވަރު ބަލަން އޭނާ އިނީ ވިހަ ގޮތަކަށް ހެވިފަ އެވެ.
"އެ ތެދެއް؟ ނެޑް އަޅެ ދައްތަގާތު ބުނެލިނަމަ މައިޝާން އެހެން ކުއްޖަކާ ރައްޓެހިވި ވާހަކަ. ނެޑްއަށް އެނގޭނެ ދައްތަމެން މި ތިބެނީ މިކަހަލަ ދުވަހަކަށް ބަލަބަލާކަން" ޒީނިޔާގެ ވާހަކައިން ނަދާލްއަށް ކަންތައްތައް ވަމުންދާގޮތް ނަގައިގަނެވުނެވެ. މައިޝާން ކައިވެނިކުރަން މި އުޅެނީ އައިލީންއާ ހެއްޔެވެ؟ އައިލީން އެ ކައިވެންޏަށް އާނބަސް ބުނީ ހެއްޔެވެ؟ މައިޝާންއާއި އައިލީން އެކަކު އަނެކަކު ދަންނަންފެށީ ކޮންއިރަކު ކިހިނެއް ހެއްޔެވެ؟ މިއީ އޭނާއަށް ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ނޫންބާ އެވެ؟ ކޮންމެއަކަސް، ނަދާލްއަކަށް ހަގީގަތް ގަބޫލުކުރާކަށް ފަސޭހައެއް ނުވި އެވެ.
"ނެޑްއަކަށް ނޭނގޭނޭ އަހަރުމެން ރައްޓެހިވި ކަމެއް.. ވަރަށް އަވަހަށް ހުރިހާކަމެއްވެސް ހިނގައި ދިޔައީ.. ހިތަށް އެރީ ފެމިލީއާ ބައްދަލުކޮށްދޭ ދުވަހު ދެން ނެޑްއަށްވެސް އެނގޭނެ ނޫންހޭ.. ދޯ ލީން؟" މައިޝާންގެ ކޮންމެ ވާހަކައަކަށް ހިނިތުންވެލައި ބޯ ޖަހައިލުން ފިޔަވައި އިތުރުކަމެއް އައިލީން ނުކުރެ އެވެ. ނަމަވެސް އޭނާއަށް ކަންތައް މި ކުރެވެނީ އެންމެ ރަނގަޅަށް ކަމާމެދު އޭރު އައިލީންގެ ހިތުގައި ޝައްކު އުފެދެން ފަށައިފި އެވެ.
"ދެން ކޮންއިރަކުން މެރީ ކުރަން ވިސްނަނީ" ނުސްރާ އަހައިލި އެވެ.
"ވީހާވެސް އަވަހަކަށް" މައިޝާން ލަސްކުރާކަށް ބޭނުމެއްނުވި އެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ހުރިހާ ކަމެއް ކާމިޔާބުކުރުމަށްފަހު އައިލީން ދޫކޮށްލާށެވެ.
"ނެޑްއާ އިޒޫއާވެސް މެރީ ކުރާނެ އަށެއްކަ މަސްތެރޭ. އެމީހުންނާ އެއްކޮށް-"
"މާ ލަސް" އެ ހުރިހާއިރު އެތަނުގައި ދުލުން ބަހެއް ބުނެލަން ނޭނގިފައި އިން އައިލީންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އޭނާވެސް ވިސްނަމުން ދިޔައީ މައިޝާނެކޭ އެއްފަދައިން ވީހާވެސް އަވަހަކަށް އަމިއްލަ ސަލާމަތް ހޯދާށެވެ. ނަމަވެސް އައިލީންގެ އެ ޖަވާބާއެކު އެތަނުގައިހުރި ނަދާލްއަށް ލިބުނީ އިތުރު ސިހުމެކެވެ.
"އެ ތެދެކޭ ނުސްރާއްތާ.. އެއިޓް މަންތްސް މާ ބޮޑަށްވެސް ލަސް. ލީން ބޭނުމެއްނުވޭ މާ ކުލަގަދަކޮށް ޕާޓީ ބާއްވާކަށްވެސް. އެހެންވެ ކުރިއަށް އޮތް ދެތިން ހަފްތާތެރޭ ކުޑަގޮތެއް ހަދާފަ ނިންމާލަން މި އުޅެނީ.. ދޯ ލީން. އަނެއްކާ ނެޑްވެސް އޯކޭ ނުވާނެ އެހާ ސްޕެޝަލްކޮށް ބާއްވާ ވެޑިންގެއް އެހެން ބަޔަކާ ޝެއަރ ކުރާކަށް" މައިޝާންގެ ވާހަކައަށް ފަހަރަކު މީހަކު އެއްބަސްވަމުން ދިޔަ އެވެ. އޭރު އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ނަދާލްއަށް އެ ތަނުގައި ހުރުން އުނދަގޫ ކަމަކަށް ވެއްޖެ އެވެ. އަމިއްލައަށް ބޭޒާރުވާފަދަ ބަހެއް ބުނެވިދާނެކަމުގެ ބިރުގައި އޭނާ އެތަނުން ނުކުތެވެ.
"ނުސްރާއްތަވެސް ދެން ދިޔައީ އެނގޭ.. ފެމިލީ ޓައިމްއެއްނު. ދިޔުމުގެ ކުރިން ކުޑާއްތައާ މީޓް ކޮށްލަދީފަ ދައްޗޭ.. މަލްގެ ކަންތަކުގަ އެހާ ދެރަވެފަ އިންނައިރު މިކަހަލަ ހަބަރެއް ދިނީމަ ކުޑަ ނަމަވެސް އުފާވެރިކަމެއް ލިބިދާނެ" ނުސްރާވެސް މާ ގިނައިރު އެތަނުގައި މަޑުކުރާކަށް ނޫޅުނެވެ.
****************
"ޕިކް އަޕް މައި.. ޕިކް އަޕް. ޑޭމްން އިޓް!" ދެފައި އެއްތާކު ނުޖެހިގެން އުޅޭ މީހަކު ފަދައިން ސިޓިންގްރޫމްގެ ދެފަރާތަށް ކުރުކާލި ކަނޑަމުންދިޔަ ނަދާލް ހުއްޓުމެއްނެތި މައިރާއަށް ގުޅަމުންދިޔަ އެވެ. "ކީއްވެތަ ފޯނު ނުނަގަނީ މައިރާ؟" ފޯނު ނެގުމާއެކު އޭނާއަށް އެންމެ ފުރަތަމަވެސް މައިރާއާ ދިމާލަށް އަޑުލައި ގަނެވުނެވެ.
"ފޮތްކިޔާށޭ އިނީ.. ކިހިނެއްތަ ވީ؟" މައިރާވެސް ވާހަކަދެއްކީ ހިތްހަމަ ނުޖެހިފަ އެވެ. ނަދާލްއަށް ދެތިން ބޮޑު ނޭވާއެއްލައި ނަފްސު ހަމައަކަށް އަޅުވައިލަން މަޖުބޫރުވި އެވެ. "މައިޝާން އިޒް ގެޓިންގް މެރީޑް" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާ ބުންޏެވެ.
"ކިޔާއާތަ؟ އެންމެފަހުން މަންމަމެން އެއްބަސްވީތަ؟" މައިރާގެ އަޑުގައި މާ ބޮޑު ހައިރާންކަމެއް ނެތެވެ. އެކަމަކީ މައިޝާން އާއިލާއާ ދެކޮޅަށްވިޔަސް ކޮންމެވެސް ދުވަހަކުން ކުރާނެ ކަމެއްކަން މައިރާއަށް އޮތީ މާ ކުރީއްސުރެން ޔަގީންވެފަ އެވެ.
"ގޯޑް އައި ވިޝް މައިރާ ހައު އައި ވިޝް! އައި މީން.. ކިޔާއަކާ ނޫން.. މައި ހަނދާންވޭތަ އިވާންގެ ކަޒިންއެއް އުޅުނެއްނު؟ އައިލީން؟" ނަދާލް އަހައިލި އެވެ.
"ހްމްމް. ލީން އަނެއްކާ ގެ ކައިރިއަށް ދިޔައީތަ؟ ދޮންބެ ބުންޏޭ އެއްދުވަހަކު ގެ ކައިރިން ދިމާވެގެން ވަރަށް ވާހަކަދެއްކީމޭ" މައިރާ އާދައިގެ ރާގެއްގައި ބުންޏެވެ.
"އޯހް.. ސޯ ދެޓްސް ހައު ދޭ މެޓް.." ނަދާލްއަށް ކަމެއް ރޭކައިލި ފަދައިން ބުނެވުނެވެ. "މައިޝާން.. މައިޝާން ކައިވެނިކުރަން އުޅެނީ ލީންއާ" ނަދާލްއަށް އެހެން ބުނުން ވީ އުނދަގޫ ކަމަކަށެވެ. އައިލީން އެހެން މީހެއްގެ ހައްގަކަށް ވާން އުޅޭކަން ގަބޫލުކޮށް، އެކަމަށް އިއުތިރާފު ވުމަށްޓަކައި ހަށިގަނޑުގައިވި ހުރިހާ ބާރެއް ދުލު ކުރިއަށް ގެންނަން ޖެހުނެވެ.
"ވަޓް؟ ދޮންބެ ކޮންއިރަކު ލީންއާ؟" މިފަހަރު މައިރާގެ އަޑުން ހަމަރަނގަޅަށްވެސް ހައިރާންކަމުގެ އަސަރު ފާޅުވި އެވެ.
"އެގްޒޭކްޓްލީ މައި ޕޮއިންޓް މައި! ކޮން އިރަކު ކިހިނެއްހޭ؟ އަހަރެން ސަތޭކަ ޕަސެންޓް މި ދެނީ މައިޝާން އެހާ އަވަހަށް ކިޔާރާ މަތިން ހަނދާން ނައްތާ ނުލާނެކަން. އެންމެނަށްވެސް އެނގޭ މައިޝާން ކިޔާރާއާހެދި މޮޔަވެފަ ހުރި ވަރު. ކުއްލިއަކަށް މި ކައިވެނި.. މައި.. ޔޫ ހޭވް ޓު ސްޓޮޕް އިޓް! ލޫން- އައިލީންއަށް މިކަމުން ދެރައެއް ނޫނީ ނުލިބޭނެ" ނަދާލް ބުންޏެވެ.
"އަހަރެންނަކަށްވެސް ނޭނގެ ކުއްލިއަކަށް ތި ވީ ގޮތެއް.. ކިޔާއާ ހެދި އެވަރުން އުޅެފަ.. އެކަމަކު ތިހެން ބުނާއިރުވެސް ނެޑްއަށް އެނގެން ވާނެ ދޮންބެ ކުރަން ހިފާލައިފި ކަމެއް ނުހުއްޓުވޭނެކަން.. އަދި ސަފުން މަންމަ އެކަމަށް ބާރުދޭހާ ހިނދަކު.. އެކަމަކު އަހަރެން ހުސް ވަގުތެއް ހޯދާލައިގެން ދޮންބެއަށް ގުޅާނަން.. ހުރިހާކަމެއް އޮޅުން ފިލުވާނަން" މައިރާ ބުންޏެވެ.
"ދެޓްސް ދަ ތިންގް މައި!! ވީ ޑޯންޓް ހޭވް ޓައިމް!! ދޭ އަރ ގެޓިން މެރީޑް އިން އަ ފިއު ވީކްސް.. މައި ހުރިހާ ކަމެއް މަޑު ޖައްސާލާފަވިޔަސް މިކަން ހުއްޓޭތޯ ބަލާބާލަ.. މިއީ އަހަރުމެންނަށް އަތް އުރާލައިގެން ތިބެވޭވަރުގެ ކަމެއް ނޫނޭ! ބޯތް ޔޫ އެންޑް އައި ނޯ އިވާންއާ ކަނެކްޝަނެއް އޮތް އެއްވެސް މީހަކަށް މި ފެމިލީގެ މީހަކާ މެރީ ނުކުރެވޭނެކަން" މައިރާއަށް އެންމެ ފަސޭހައިން ނަގައިގަނެވޭނެހެން ނަދާލް ކަންކަން ވިސްނައިދިނެވެ.
"ޔެސް އައި ވިލް.. ނެޑް ހަމަޖެހިބަ! ވީހާވެސް އަވަހަކަށް ދޮންބެއަށް ގުޅާނަމޭ. ދެން މިވަގުތު ބާއްވަނީ.. މާދަމާ ރެއަށް ތީސިސް ޑިޔު ވެޔޭ" މައިރާ ފޯނު ކަނޑައިލުމުގެ ކުރިން ބުންޏެވެ. ކޮފީ މޭޒު މައްޗަށް ފޯނު ހޫރައިލުމަށްފަހު ނަދާލްއަށް ބޮލުގައި ދެއަތް ބަނދެގެންހުރެ ސޯފާއަށް ޖެހިގަނެވުނެވެ. ހިމޭންކަން ވެރިވެފައި އޮތް ސިޓިންގްރޫމުގެ ތެރެއަށް އެވަގުތު ޖެހިގެންހުރި އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި އަޑު އިވުނުހެން ހީވެ ނަދާލް އަވަސް އަވަހަށް ދޮރު ހުޅުވައި ބޭރު ބަލައިލި އެވެ.
"މަންމާ؟ ކޮބާ މައިޝާންމެން.. ދިޔައީތަ؟" އެ އެޕަރޓްމެންޓަށް ވަންނަންދިޔަ ނުސްރާފެނި ނަދާލް އަހައިލި އެވެ.
"ހްމްމް ކުޑާއްތަ ކައިރިއަށް ވަދެލާފަ ދާން އެ ދަނީ.. ކިހިނެއްވީ؟" ނުސްރާ އަހައިލި އެވެ.
"ކަމެއްނުވޭ.. އެބަ އަންނަން ބޭރަށް ގޮސްލާފަ އެނގޭ" މޭޒުމަތިން ނެގި ފޯނާއި ތަޅުދަނޑިފަތި ޖީބަށްލުމަށްފަހު ގަމީހުގެ ގޮށްތައް އަޅުވަމުން ލިފްޓަށް އެރި ނަދާލް ނުސްރާގާތު ބުނެލި އެވެ.
ނަދާލް ސައިކަލުގައި ގޮސް މަގުގެ ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކޮށްލީ އެ ގެއިން ނުކުންނަ އައިލީންއަށް ފާރަވެރިވުމަށެވެ. އައިލީންއާއި މައިޝާން އެކުއެކީގައި ގޮސް ގަރާޖުން ނެރުނު މައިޝާންގެ ކާރަށް އެރިތަން ފެނި ނަދާލްއަށް ޗޮކެއް ކަނޑައިލެވުނެވެ. ވީ ފޫއްސާއެކުވެސް އެ ކާރުގެ ފަހަތުން ދުއްވައިލި އެވެ. ކާރު މޫންލައިޓް ހިނގުމުން ދުއްވާފައިގޮސް ސިނަމާލެ ބްރިޖަށް އަރަން ތައްޔާރުވުމުން ނަދާލްވެސް ސައިކަލުގެ މަޑިދަށުން ނެގި ހެލްމެޓް އަޅާލައި ބްރިޖު ހުރަސް ކުރުމަށް ތައްޔާރުވެލި އެވެ. އަދި އެ ކާރުގެ ފަހަތުން ހުޅުމާލޭގައި އައިލީން ހުންނަ ގެސްޓްހައުސާ ހަމައަށްވެސް ދިޔަ އެވެ. ގެސްޓްހައުސްގެ ކައިރިއަށް އައިލީން ބޭލުމަށްފަހު މައިޝާން ކާރު ދުއްވައިލުމުން ނަދާލް އެ ފުރުސަތުގެ ބޭނުންހިފައި ސައިކަލުގައި ގޮސް އައިލީންގެ ގާތަށް މަޑުކޮށްލުމަށްފަހު ސައިކަލުން ފޭބި އެވެ.
"ނަދާލް!! ދޫކުރޭ!! ފެންނަހާ ތަނަކުން ތި ފާޑަށް އަހަރެންނާ ތި ދިމާކުރަނީ.. ކޮބާތަ ނަދާލްގެ މައްސަލައަކީ؟" އައިލީން ވިސްނައިވެސްނުލާ ހުއްޓައި ނަދާލް ހިފީ އައިލީންގެ އަތުގަ އެވެ. "ސީރިއަސްލީ؟ އިޒް އެވްރީތިންގް އަ ފ*** ޖޯކް ޓު ޔޫ" ނަދާލް ދޫ ނުކުރުމުން އައިލީންގެ ގާތަށް އައީ ރުޅި އެވެ.
"ޔެސް ޓެލް މީ އައިލީން.. އިޒް އެވްރީތިންގް އަ ޖޯކް ޓު ޔޫ؟؟ ހެހެ. މެރީއިންގް މައިޝާން؟ ވަޓް ކައިންޑް އޮފް އަ ފ*** ޖޯކް އިޒް ދެޓް؟" ނަދާލް އާދައިގެމަތިން އައިލީންގެ ސުވާލު އަނބުރައިލީ އައިލީންއާ ދެކޮޅަށެވެ.
"އަހަރެން ކޮންމެ މީހަކާ އިނަސް ނަދާލްއަކާ ނުބެހެވޭނެ" ނަދާލްގެ އަތުން އަތް މިނިވަންކުރެވޭތޯ މަސައްކަތްކުރަމުން އައިލީން ބުންޏެވެ.
"ބަޓް މައިޝާން؟ ލޫނާ.. ހީ ހޭޒް އަ ގަރލްފްރެންޑް! ހީ އިޒް ޖަސްޓް ޔޫޒިންގް ޔޫ. ޓްރަސްޓް މީ!" ނަދާލް އައިލީންގެ އަތުން ދޫކޮށްލި އެވެ.
"ސްޕީކް ފޯ ޔުއަރސެލްފް. އެންމެނަކީ ނަދާލްއެއް ނޫނޭ" މިފަހަރުވެސް ނަދާލްއަށް އައިލީންގެ ފަރާތުން ލިބުނީ ފިނި ރައްދެކެވެ.
"އޯކޭ ފައިން. އަހަރެންނަށް އިތުބާރު ނުކުރިޔަސް ވަރިހަމަ.. އާސްކް މައިރާ.. އާސްކް އެނީވަން. ލޫނާ ޔޫ އަރ މޭކިންގް އަ ގްރޭވް މިސްޓޭކް.." މިފަހަރު އެ އަޑުގައިވަނީ ކަންބޮޑުވުމާއި މަޑުމޮޅިކަމެވެ. އައިލީންއަސް ނަދާލްގެ މަކަރުވެރިކަން ނޭނގޭނަމަ ނަދާލްއަކީ އޭނާއަށް ހެޔޮއެދޭ މީހެއްކަން ހީކުރެވުނީހެވެ. ނަމަވެސް ނަދާލް ދެން ބުނެލި ވާހަކައިން އައިލީންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "ސީރިއަސްލީ މައިޝާން؟ ހީ އިޒް އޮލްމޯސްޓް ތަރޓީ ލޫނާ.. އެންޑް ޔޫ އަރ ބެއަރލީ އެން އެޑަލްޓް"
"އެމް އައި ނައު؟ ހުރިހާ ކަމަކަށްފަހު ނަދާލްއަށް އަދިވެސް ޔަގީނެއް ނުކުރެވޭތަ އަހަރެންނަކީ އެޑަލްޓެއް ކަމަކަށް؟ އަހަރެންނަކީ އެޑަލްޓެއް ނޫންކަމަށް ވަންޏާ.. ވަޓް ޑަޒް ދެޓް މޭކް ޔޫ؟" އައިލީންގެ ރައްދު އައިގޮތުން ނަދާލްއަށް ހިނދުކޮޅަކު ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. "އައި.. އައި ޑިޑިންޓް މީން ދެޓް" އޭނާ އާގަންނަމުން ބުންޏެވެ.
"އޯހް އައި ނޯ ވަޓް ޔޫ މީން.. ނަދާލް ތިބުނަނީ އަހަރެންނަކީ ހެވާއި ނުބައި ވަކިކުރަން ނޭނގޭހާ މޮޔަ ކުޑަކުއްޖެކޭނު؟ ދެޓް އައިމް ނައިވް؟ އެންޑް އައި މޭކް ސްޓުޕިޑް ޑެސިޝަންސް؟ އައިލް ގިވް ޔޫ ދެޓް.. އައި ވޯޒް ނައިވް.. އެކަމުގެ ފައިދާ ނަދާލް ވަރަށް ރަނގަޅަށް ނަގައިފީމެއްނު؟ ޔޫ ނޯ ވަޓް؟ ދެންމެއާ ޖެހެންދެން އަހަރެން ހުރީ އަސްލު މައިޝާންއާ ކައިވެނި ކުރުމާމެދު ދެ ހިޔާލެއްގަ.. އެކަމަކު މިކަމުން ނަދާލްއަށް ތިހާ އަސަރު ކުރީތީ.. އަހަރެން ދެން ކޮންމެހެންވެސް މިކަން ކުރަން ބޭނުންވެއްޖެ!" އައިލީން މޭމަތިން ދެއަތް ހުރަސްކޮށްލަމުން ނަދާލްއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"ލޫނާ.. ޕްލީޒް ޑޯންޓް މެރީ ހިމް" ނަދާލް އާދޭހާއެކު ބުންޏެވެ. ނަމަވެސް އެދެމެދުގައި އިތުރު ވާހަކަތަކެއް ބަދަލުކުރެވޭނޭ ފުރުސަތު ނުލިބެނީސް އިވިގެންދިޔައީ ކާރު ޕާކުކޮށްފައި އައިސް އެތަނަށް ހުއްޓިލި މައިޝާންގެ އަޑެވެ.
"ލީން؟ ކިހިނެއް ވީ؟ ނަދާލް؟" މައިޝާން އާދައިގެ ގޮތަކަށް އައިލީންގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލަމުން ނަދާލްއަށް ބަލައިލި އެވެ.
"ކަމެއް ނުވޭ.. ނަދާލްއަށް އަހަރެން ފެނިގެން މަޑުކޮށްލީ" ނަދާލްގެ ދެލޮލާ ނަޒަރު ވަކިކޮށްލުމެއްނެތި އައިލީން ޖަވާބުދިނެވެ.
"އޯކޭ.. ހިނގާ ދޯ އެތެރެއަށް" އައިލީނާއެކު ގެސްޓްހައުސަށް ވަންނަން ހިނގައިގަތް މައިޝާންގެ ފިޔަވަޅުތައް ހުއްޓުނީ "މަޑު ކޮށްލާށޭ" ބުނާ ފަދައަކުން އޭނާގެ ބަނޑާ ދިމާލަށް ނަދާލްގެ އަތް ހުރަސްކޮށްލުމުންނެވެ. "އަހަރެން އެބަ ދަން" އައިލީންއަށް ބަލައިލަމުން މައިޝާން ހިނިތުންވެލި މަންޒަރު ނަދާލް ދުށްޓެވެ. އަދި އައިލީން އެ ހިނިތުންވުން ރައްދުކޮށްލި މަންޒަރުވެސް މެއެވެ. އެދެމެދުގައި ހިނގާ އެފަދަ ކޮންމެ އިޝާރާތަކާއެކު ނަދާލްގެ ކަތުރު ކަށިގަނޑަށް ބާރުވެލަ އެވެ.
"ނެޑް ކަމެއް ގޯސްވީތަ؟" އައިލީން ލޯމަތިން ގެއްލުމުން މައިޝާން އަހައިލި އެވެ.
"އާއިލާ ރުއްސުމުގެ ނިޔަތުގަވިޔަސް މައިޝާން ތި ކުޅިބައި ތި އަތުރަނީ ވަރަށް ގޯސްކޮށް. ޔޫ ޑޯންޓް އިވަން ލައިކް ހަރ" ނަދާލް ދިޔައީ ސީދާ މައުލޫއަށެވެ.
"އެކްސްކިއުޒް މީ؟ ވަޓްސް ނޮޓް ޓު ލައިކް؟ ޝީ އިޒް ބިއުޓިފުލް.. ކައިންޑް.. އިންޓްރެސްޓިންގް.."
"ޝީޒް ނޮޓް ޔޯރ ޓައިޕް" މައިޝާންގެ ޖަވާބު ނުނިމެނީސް ނަދާލް ބުންޏެވެ.
"ކަމޯން ނައު. ލީން؟ ޝީ އިޒް އެވްރީވަންސް ޓައިޕް.. ނަދާލްއަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެ" މިފަހަރު މައިޝާން ވާހަކަދެއްކިއިރު އޭނާގެ ތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ.
"އޯހް. ހެހެ. އެހެންވީމަ ހުރިހާ ކަމެއް އެނގޭ ދޯ؟" ނަދާލްވެސް އެއްމިޔަކަނިން ހިނިތުންވެލި އެވެ.
"ހްމްމް. އަހަރެން ނޫޅެމޭ ނޭނގޭ ކަމަށް ހެދިގެން އުޅޭކަން.. އަހަރެންނަށް އެނގޭ މި ހުރިހާ ކަމަކީ އިއްތިފާގެއްކަމަށް ގަބޫލުކުރާވަރަށް ވުރެން ނަދާލް ސްމާރޓް ވާނެކަން." މައިޝާން އެއްވެސް ކަމެއް ސިއްރުކުރާކަށް ނޫޅުނެވެ.
"އިޒް ދިސް އަބައުޓް ބިޒްނަސް؟ މިއީ އަހަރެންނާ މައިޝާންއާ ދެމެދުގަ ހިނގާ ކަމެއް.. މިކަމުގެ ތެރެއަށް ލިން ނުވައްދާ!" މައިޝާން ލައިގެންހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައިގަންނަމުން ނަދާލް އިންޒާރުގެ ރާގެއްގައި ބުންޏެވެ.
"ދެޓް ވިލް ބީ މައި ޑެސިޝަން ޓު މޭކް. ޝީ އިޒް މައި ސޫން ޓު ބީ ވައިފް.. ދެޓްސް އޯލް ޔޫ ނީޑް ޓު ރިމެމްބަރ" މައިޝާން ނިކަން ހަމަޖެހިފައިހުރެ ނަދާލްގެ އަތް ދުރުކޮށްލި އެވެ. "އިތުރު ވާހަކައެއް ނެތިއްޔާ އަހަރެން ދެން ދަނީ.. މައި ފިއޯންސޭ އިޒް ވެއިޓިންގް ފޯރ މީ" އޭނާ އެތަނުން ދިޔައީ ނަދާލް އިތުރަށް ރުޅިއަރުވައިލުމަށް ފަހުގަ އެވެ. އޭނާގެ ހަގީގީ މިސްރާބުހުރީ އެ ގެސްޓްހައުސްގެ އައިލީން އުޅޭ ފަންގިފިލާ ނޫން އެހެން ފަންގިފިލާއެއްގައި ހުންނަ ކިޔާރާގެ ކޮޓަރިއަށެވެ. ނަމަވެސް ނަދާލްއަކަށް އެކަމެއް ނޭނގޭނެތާ އެވެ.
**************
"އެންމެ ފަހުން ވާނުވާ ބަންދަކަށް ދޯ މިވީ؟" ތުނބުގައި ޖެހި ކޮފީތަށި މޭޒުމަތީގައި ބަހައްޓައިލަމުން ޝާވިން މޭޒުގެ އަނެއް ފަޅީގައި އިން ނާއިލްގާތު އަހައިލި އެވެ. "ހެއްކެއް ގަރީނާއެއް ނެތްތާކު ކުޑަމިނުން އޭނަވެސް އެ ޑީޕޯޓް ކޮށްލީ.. ދެން އަޅެ ކޮބާހޭ ޝަރީއަތް ނިމުމަކީ؟ ފުރަތަމަ ކަމަކަށް ޝަރީއަތެއް އެބަ އޮތްތަ؟ އަޑު އެހުމެއް ބޭއްވެން އެބަ އޮތްތަ؟ ދައުލަތުގެ ވަކީލުން ދައްކާނެ ވާހަކައެއް އެބަ އޮތްތަ؟" ޝާވިން އިނީ އިވާންއާ ދޭތެރޭ ކަންތައް ވަމުންދިޔަ ގޮތާމެދު ނުރުހިފަ އެވެ.
"އަސްލު ނޭނގެ މާބޮޑަށް އެއްވެސް ކަމެއްގެ ވާނުވާއެއް.." ނާއިލް ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
"މަށަށް އެބަ އެނގެޔޭ.. އަޑިއަޑިން ބަޔަކު ކުރާ ކަމެއް ހަމަ މިއީ.. މަގޭ ސިކުނޑީގަ އެބަ އުޅޭ ޝައްކު ކުރެވޭ ދެތިން ނަމެއްވެސް.. އެކަކީ އިވާންގެ ދޮންބައްޕަ.. އިޓް ވިލް ބީ ނޯ ސަޕްރައިޒް އިފް ހީ ޑިޑް އިޓް.. ދެން.." ޝާވިންގެ ވާހަކަ އެހިސާބުން މެދުކަނޑައިލި އެވެ.
"ދެން ކާކު؟" ޝާވިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އިން ނާއިލް އަހައިލި އެވެ.
"މައިރާ.. އިވާންގެ ބަޔާނުގަ މައިރާގެ ވާހަކަ ނުބުންޏަސް.. އަހަރުމެން އެންމެނަށްވެސް އެނގޭ އިވާން އެރޭ އުޅުނީ މައިރާއާއެކު ކަން.. އެކަން ހިނގައިދިޔަ ރޭ މައިރާ ކުއްލިއަކަށް މިރަށުން ފުރައިގެން ދިޔުމަކީ ހަމަ އިއްތިފާގެކޭ އަހަރެން ނުބުނާނަން" ޝާވިން ދެކޮނޑު އަރުވައިލަމުން ބުންޏެވެ. ނާއިލްވެސް ބޯ ޖަހައިލީ ޝާވިންގެ ވާހަކައާ އެއްބަސްވާ ފަދައަކުންނެވެ.
"އަހަރެންނަށްވެސް ތިކަހަލަ އެއްޗެއް ހީވަނީ.. އެކަމަކު އިވާން ހުންނަނީ މާ ވަރެއް ވިއްޔަ އެ މަންޖެއާހެދި ވެފަ. އޭ ތިއެއްނޫނޭ.. ލީން ކޮބާތަ؟ ހަމަ އަސްލުވެސް އެއްކޮށް މާލެ ބަދަލުވީތަ؟" ނާއިލް ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަހައިލި އެވެ.
"ނޫނޭ.. ކުރީ ދުވަހުވެސް ގުޅާފަ ބުނި ހަމަ ގައިމުވެސް އަންނާނަމޯ.. އެކަމަކު އަހަރެން ހައިރާނެއް ނުވާނެ ލީން އަދި މަހެއްހާ ދުވަހު އެކޮޅުގަ މަޑުކޮށްލަން ބޭނުންވިޔަސް.. ކޮންމެއަކަސް ލީންއަށް މި މާހައުލާ ދުރުގަ އެސްކޭޕެއް ބޭނުންވާނެ.. މިހިރީ ވިއްޔާ އަހަރުމެން.. މިބުނީ.. އިވާންގެ ރައްޓެހިންނަށް ވާ ވަރު. ދެން ލީން އަދި އެއީ އިވާންގެ އެއްބަޑު އެއްބަފާ ކޮއްކޮއެއް ކަހަލަ ކުއްޖެއް.. އެފަކީރަށް މިކަމުން ކިހާ އަސަރެއް ކުރާނެ.. ނުވިތާކަށް އަންހެނަކަށްވެހުރެ އިވާންގެ ސައިޑް ނަގަން ނުކެރިގެން އެފަކީރު އެ ހުންނަނީ މުޅީން ފިތިފަ. މާމަވެސް.." ޝާވިންގެ ވާހަކަ އެހިސާބުން ހުއްޓައިލި އެވެ.
"އާނ ތެދެއް.. ކީކޭ ދެން ބުނާނީ.. ލީންއަށް ކެތްތެރިކަން ދެއްވާށި.. ކަލޭ ދެން އޭނަ ހަމައަކަށް އެޅުނީމަ ގެނެސްގެން އަވަހަށް ތިކަން ނިންމާލަބަލަ. މިހާރު ކޮން ދުވަހެއް ސަޔަށް މަޑުކޮށްގެން ތިބޭތާ" ނާއިލްގެ ވާހަކަ ނިންމައިލީ ސަމާސާ ރާގެއްގަ އެވެ.
"އަހަހަހަ. ތިކަން ވޭތޯއެއްނު މި އުޅެނީ" ޝާވިންވެސް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
************
ދުވަސްތައް އޭގެ ހަލުވިކަމާއެކު ފާއިތުވަމުންގޮސް ދެ ހަފްތާ ފާއިތުވެގެން ދިޔައިރު އައިލީންއާއި މައިޝާންގެ ކައިވެނީގެ ތައްޔާރީތައް ބާރު ދުވެލީގައި ކުރިއަށްދެ އެވެ. އައިލީންއާއި މައިޝާން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަވެ ދެމީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ދަސްވަމުން ދިޔަ އެވެ. މައިޝާންމެން ގެއަށް ގިނަގިނައިން ގޮސް އުޅުމުގެ ތެރޭގައި އިޒްކާއާ ދިމާވެ އައިލީންއާއި އިޒްކާގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. މިގޮތުން އާއިލާގެ އެހެން މެންބަރުންނާއެކު އައިލީންއާއި އިޒްކާ އަދި ނަދާލްއާއި މައިޝާންވެސް ގޭގެ ޓެރަހުގައި ތިބި ރެއެކެވެ. ޓެރަހުގެ މެދުގައި ހުރި ހަޓުދަށުގައި އެންމެން ވާހަކައިގައި ތިބިއިރު މާ ގަސްތަކުގައި ބީހިލާފައި އަންނަ ރޭގަނޑުގެ ފިނި ރޯޅިން މާހައުލުގައި ތެތްފިނިކަމެއް ހިފާލައިފައި ހުއްޓެވެ.
"އިޒޫއަށް ރީތީ މި ކާޑު. މި ކާޑު ރަނގަޅުވާނެ ކަންނޭނގެ" ނަޝްވާގެ އަތުގައި އޮތް އައިޕެޑުން ފެންނަމުންދިޔަ ކައިވެނީގެ ދައުވަތު ކާޑުތަކަށް ބަލައިލަމުން އިޒްކާ ބުންޏެވެ.
"ދައްތައަށްވެސް ރީތީ މި ކާޑު. އެހެން ބުނީމަ މި ހަނދާންވީ… މައިޝާން.. މިރޭ ދައްތަ ބޮޑުބެގާތު ކޭޓަރިންގެ ވާހަކަ ދައްކާނަން.. ކިތައް މީހުންތަ އަންނަނީ؟ މައިޝާން ސައިޑުން އަންނަ މީހުންގެ އަދަދު ދައްތައަށް އެނގޭ.. އައިލީންގެ ސައިޑުން ކިތަށް ޕްލޭޓްސް؟" ކޮފީ ހިފައިގެން އައިސް އައިލީންގާތު އިށީނދެލި ނުސްރާ އަހައިލި އެވެ.
އައިލީންއާއި މައިޝާންގެ ކައިވެނީގެ ތައްޔާރީތަކުގައި ނުސްރާ ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ޒީނިޔާއަކީ އާންމުކޮށް އެކަހަލަ ކަންކަމަށް ޝައުގު ހުންނަ މީހެއް ނޫންކަމުން ނުސްރާއާ ހުރިހާކަމެއް ހަވާލުކޮށްލީ އެވެ. ކައިވެނީގެ ހެދުމުން ފެށިގެން ޕާޓީގެ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން ދިޔައީ ނުސްރާ އެވެ. އެހެންކަމުން އައިލީންއަށް ދުވަހުގެ ބޮޑުބައި ހޭދަ ކުރެވެނީވެސް ނުސްރާއާ އެކުގަ އެވެ. ނުސްރާގެ ފަރާތުން އައިލީންއަށް ލިބެމުން ދިޔައީ މަންމައެއްގެ ލޯތްބެވެ. ނަތީޖާއެއްގެ ގޮތުން އައިލީންއަށްވެސް ނުސްރާއާމެދު ދެކެވެން ފެށީ ޒީނިޔާއަށްވުރެން ގާތްކޮށެވެ. އެހެނަސް އެއީ ނަދާލް ބަލައި ބޮޑުކުރި "ނަދާލްގެ މަންމަ" ކަން ހަނދާންވާ ކޮންމެ ފަހަރަކު އައިލީންއަށް އެ ގާތްކަމުން ކުށްވެރިކަމުގެ އިހުސާސެއް ކުރެވެ އެވެ. އެއީ ނަދާލްގެ އާއިލާއަށްވުރެން އޭނާ ގާތްވާން ޖެހޭނީ މައިޝާންގެ އާއިލާއާ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އެހެނަސް ބަޔަކު އޭނާއާ ބާއްވަން ނޫޅޭ ގުޅުމެއް އޭނާ ވަކި ބާއްވާނީވެސް ކިހިނެއް ހެއްޔެވެ؟
"މަންމަ ހާދަ މޮޅޭ މި ކަންކަމަށް. ނެޑް.. އަހަރުމެންގެ ވެޑިންގްގަ އިޒޫ ނުޖެހޭނެ ދޯ ސްޓްރެސް ވާކަށް" ނަދާލްގެ އަތުގައި ކޮށްޓައިލަމުން އިޒްކާ އަހައިލި އެވެ.
"ހްމްމް؟ އާން.. ޔެސް ދޯ" އިޒްކާ ބުނީ ކީކޭކަން ނޭނގުނު ނަމަވެސް ނަދާލް އެކަމާ އެއްބަސްވި އެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުނގުމަތީގައިވާ ލެޕްޓޮޕުން ފެންނަމުންދިޔަ އޮފީހުގެ މަސައްކަތަށެވެ. އެހެނަސް އޭނާގެ ސިކުނޑިއަށް ލެޕްޓޮޕުން ފެންމުންދިޔަ އެއްވެސް މައުލޫމާތެއް ނަގައި ނުގަނެވެ އެވެ. ކަމެއް ނުވާކަމަށް ހެދިގެން އިނަސް އެތަނުގައި ދެކެވެމުންދިޔަ އައިލީންގެ ކައިވެނީގެ ވާހަކަތައް އޭނާގެ ސިކުނޑި ކަމުންދިޔަ އެވެ.
"މަންމަ ނޫނީ ދެން ކާކު ޒީނިޔާއަށް މިކަމުގަ އެހީވާންހުރީ؟ އަސްލު މަންމައަށްވެސް ނަޝްދޮންތިގެ ވެޑިންގް ކަންކަމާ އުޅުނީމައޭ މިވަރު މި އެނގެނީ. ލީން ދެން ކިޔާބަލަ. ކިތައް މީހުންތަ؟" ނުސްރާ މީގެ އިރުކޮޅެއް ކުރިން އައިލީންއާ ކުރި ސުވާލު ތަކުރާރުކޮށްލި އެވެ.
"ލީންގެ ސައިޑުން ހަތަރު ޕްލޭޓްސް އޯކޭ ވާނެ" އައިލީން ކުޑަކޮށް ވިސްނައިލުމަށްފަހު ބުނެލި އެވެ.
"ވަޓް؟ އެންމެ ހަތަރެއްތަ؟ ލީންގެ ފެމިލީ މީހުން ނާންނާނެތަ؟" ނުސްރާއަށް އެއްވެސް ގަސްތަކާނުލައި އަހައިލެވުނެވެ. "ހިއެއްނުވޭ" ކުރެވުނީ ގޯސް ސުވާލެއްކަން ރޭކައިލީ އައިލީންގެ ޖަވާބުންނެވެ. އެހިނދު އެންމެނަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބެ އެކަކުއަނެކަކާ ނަޒަރެއް ބަދަލުކޮށްލެވުނެވެ. އެ އެންމެންގެ ލޯތަކުންވެސް ފެންނަމުން ދިޔައީ އައިލީންގެ އެކަނިވެރިކަމާމެދު އެ ހިތްތަކުގައި އުފެދިފައިވާ ހަމްދަރުދީ އެވެ.
"އެބަ އަންނަން އެނގޭ ބޭބް. އެބަ އަންނަން ދޮންބެ ދައްތާ" އެތަނުގައި ވާ ކަންތައްތަކުގެ މާބޮޑު ހިލަމެއްނުވާހާލު ފޯނަށް ގެއްލި ހުސްވެފައި އިން މައިޝާން ޓެރަހުން ފައިބަން ހިނގައިގަތެވެ.
"އާން އޯކޭ.. މިހާރު ދެން މި ނިންމާލެވުނީނު. ދައްތަމެންވެސް ދާށޭ މި ދަނީ.." ނުސްރާ ބުންޏެވެ.
"މަންމާ އަޅުގަނޑުވެސް ދާން ޖެހިއްޖެ. މާއިޒް ދެންމެ މެސެޖުކޮށްފި ނީކާ އެބަ ރޮއޭ ކިޔާފަ" ނަޝްވާވެސް ނުސްރާއާއެކު އެތަނުން ދިޔުމަށް ތައްޔާރުވެލި އެވެ.
"މަންމާ އަޅުގަނޑު ނެޑް ގާތު މަޑުކޮށްލާނީ" އިޒްކާ ބުންޏެވެ. ނުސްރާ އެންމެ ރަނގަޅޭ ބުނެފައި ދެން ބަލައިލީ އެތަނުގައި އިން އައިލީންއަށެވެ. ބަހަނާއަކާނުލައި އައިލީން ނުސްރާގެ ފަހަތުން ހިނގައިގަތެވެ. ލިފްޓު އައިސް ނުސްރާމެން އުޅޭ ފަންގިފިލާއަށް ހުއްޓުނު ވަގުތު ނުސްރާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އައިލީންއަށް ގޮވައިލި އެވެ.
"ލީން.. އަޅެ ދައްތަ ހަނދާން ނެތުނީއޭ.. ދޭބަ މައްޗަށް ގޮސް ދެންމެ ކޮފީ ބުއީ ޖޯޑުތައް ގެނެސްދޭން.. އިޒޫމެންގެ ނުހުންނާނެ އެއިން އެއްޗެއް ގެންނާނެ ހިޔާލެއްވެސް" ނުސްރާ އެދުނެވެ. އައިލީން އަދަބުވެރިކަމާއެކު ބޯ ޖަހައިލުމަށްފަހު ނުސްރާ ލިފްޓުން ނުކުތުމުން އަނެއްކާވެސް ޓެރަސް ހުންނަ ފަންގިފިލާއަށް ދިޔުމަށްޓަކައި ލިފްޓުގެ ފިތަކަށް އޮބައިލި އެވެ.
—————————
"ނެޑް!! ދެން މިހާރު މަންމަމެންވެސް އެ ދިޔައީ.. ވޯކް ބަހައްޓާފަ އިޒޫއަށް ޓައިމް ދީބަ" އިޒްކާ ފޫހިވެފައި އިނދެ އުޅަނބޮށްޓާ ހަމައަށް އޮޅާލެވިފައިވާ ނަދާލްގެ ގަމީހުގެ އަތުކުރިއާ ކުޅެމުންދިޔަ އެވެ. "ދެން ނޭޑް!!" ނަދާލްގެ ސަމާލުކަން ނުލިބުމުން އިޒްކާ އަކުރުތަކަށް ދަމާލާފައި ގޮވައިލި އެވެ.
"މި ނިމެނީއޭ ބޭބް.. އޯކޭ އޯކޭ މި ބެހެއްޓީ" ނަދާލް އަވަސްއަވަހަށް ލެޕްޓޮޕް ލައްޕައިލަމުން މޭޒުމަތީގައި ބެހެއްޓި އެވެ. އެއާއެކު އިޒްކާ ނަދާލްގެ ކޮނޑުގައި އަތް އަޅުވައިލަމުން އިތުރަށް ނަދާލްއާ ގާތްވެލި އެވެ.
"ލީންގެ ވެޑިން ވާހަކަ ދައްކާތީ އިޒޫވެސް މިހާރު މެރީ ކުރަން ބޭނުންވަނީ.. ހިނގާބަ ޑޭޓް އަވަސްކުރަން" އިޒްކާ އެދުނެވެ.
"އިޒޫގެ ބައްޕައާއި އަހަރެންގެ ކާފައާ އެއްބަސް ވެގެނެންނު ކަލިނަރީ ސްކޫލްގެ އޯޕަނިންގް ޑޭޓަށް ކައިވެނީގެ ޑޭޓް ފިކްސް ކުރީ.. ދެން އަވަސްކުރަން އުޅުނީމަ ކަމަކު ނުދާނެ" އިޒްކާގެ ގާތްކަމުން އުނދަގޫވެފައި އިން ނަމަވެސް ނަދާލް ގަދަކަމުން ހިނިތުންވެލި އެވެ.
"އެކަމަކު އެއިޓް މޯ މަންތްސް.. އެއީ ހާދަ ދުވަހެކޭ. އެހާއިރަށް ނެޑް އިޒޫދެކެ ފޫހިވިއްޔާއޯ" އިޒްކާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ. އޭރު ނަދާލް އިނީ ހަމަ ރަނގަޅަށްވެސް ދުރަށްދާން ބޭނުންވެފަ އެވެ. އިޒްކާ އޭނާގެ ގަޔާ ދުރުކޮށްލުމަށްޓަކައި އިޒްކާގެ އަތުގައި ހިފައިލި އެވެ. އެހެނަސް އެހިޔާލު ބަދަލުވީ އެވަގުތު ޓެރަހުގެ ދޮރުން އެތެރެއަށް ވަތް އައިލީން ފެނުމުންނެވެ. އެއާއެކު އޭނާ ހިފަހައްޓައިލައިގެންހުރި އިޒްކާގެ އަތަށް ލުއްކިއެއްޖަހައި އޭނާއާ ގާތަށް ދަމައިލި އެވެ. އެ ދެމެދުގައި އޮތް ހަނިހަނި ޖާގަވެސް ނައްތައިލި އެވެ.
"އިޒޫދެކެ ފޫހިވުން؟ އައި ޑޯންޓް ތިންކް ދެޓްސް ޕޮސިބަލް ބޭބީ.. ކަމް ހިޔަރ" ނަދާލްގެ ދުލުން އެ ލަފްޒުތައް ބޭރުކޮށްލީ އޭނާގެ އަޑު އިވޭނެހާ ގާތަށް އައިލީންއަށް އާދެވުމުންނެވެ. އެއާއެކު ފަޅި ސުކުންތަކަށް އައިލީންގެ ފިޔަވަޅުތައް މަޑު ޖެހިލިހެން ނަދާލްއަށް ހީވި އެވެ.
"މިހާ ލޯބި ކުއްޖަކާ އެއްކޮށް ކިތަންމެ ދުވަހަކު އުޅުނަސް ފޫހިވާނީ ކިހިނެއް؟" ނަދާލް އަނެއްކާވެސް ބުންޏެވެ. އޭރު އައިލީން އުޅުނީ އެމީހުންނާ ނުހަނު ކައިރީގައިހުރި މޭޒުމަތިން ކޮފީތަށިތައް ނެގުމުގައި ކަމުން އޭނާ ކިޔާ ކޮންމެ އެއްޗެއް އައިލީންއަށް ސާފުކޮށް އެނގޭނެކަން ނަދާލްއަށް ޔަގީންވެ އެވެ. އައިލީންގެ މޫނުމަތިން އަސަރެއް ދައްކާނުލައި އުޅެވެނީ ކިހާ އިރެއްވަންދެން ތޯ ބަލައި އައިލީން އިމްތިހާނުކުރަން އޭނާގެ ހިތުލި އެވެ. އައިލީންއާއި މައިޝާނަށް މި "ގޭމު" ކުޅެވެންޏާ އޭނާއަށް ވަކި ނުކުޅެވެންވީ ކީއްވެހެއްޔެވެ؟
"އިޒޫ.. ޔޫ އަރ ޖަސްޓް ލައިކް އަ ރޭ އޮފް ސަންޝައިން ސެންޓް ޖަސްޓް ފޯރ މީ.. އަހަރެންގެ ހަޔާތުގަ ދިމާވި ހުރިހާ ކުދިންނަށްވުރެން އިޒޫ މާބޮޑަށްވެސް ތަފާތު.. އެހެންވެ ދޯ އަހަރެން މެރީ ކުރާހާ ހާއްސަ ކުއްޖަކަށް އިޒޫ ވީވެސް" އިޒްކާގެ ކޯތާފަތުގައި ތުންފަތް ޖައްސައިލި މަންޒަރު ފެނުމާއެކު އައިލީންގެ އަތުން ވަރުދޫވެގެން މޭޒުމަތިން ނެގި ކޮފީ ހުސްކުރި ތަށި ބާރު އަޑަކާއެކު މޭޒުމައްޗަށް ވެއްޓިއްޖެ އެވެ. ނަދާލްގެ ފަށުވި ބަސްތަކުގެ އަވައިގައި ޖެހި އާވާރާވެފައި އިނދެވުނު އިޒްކާއަށް އެތަނުގައި އައިލީން ހުރިކަންވެސް ރޭކައިލީ އެހިސާބުންނެވެ.
"ލީން.. ކޭން ޔޫ ގިވް އަސް ސަމް ޕްރައިވަސީ.." އާންމުގޮތެއްގައި ހިތްހެޔޮކަމާއެކު އައިލީންއާ ވާހަކަ ދައްކައިއުޅޭ އިޒްކާގެ އަޑުން ހިސާބަކަށް ނުރުހުމުގެ އަސަރު ފާޅުވި އެވެ.
"އޮފް.. އޮފްކޯސް. ނުސްރާއްތަ ބުނެގެން މި ޖޯ-"
"އިޒޫ ތިރިއަށްދާއިރު ތި އެއްޗެހި ގެންދާނަމޭ.. ލީވް އިޓް" އައިލީންގެ ވާހަކަ މެދުކަނޑައިލަމުން އިޒްކާ ބުންޏެވެ.
އައިލީން އެންމެ ސިކުންތެއްވެސް އެތަނުގައި މަޑުކުރަން ނަހަދައި ޓެރަހުން ނުކުތުމަށް ދުއްވައިގަތެވެ. އެ ފަންގިފިލާއަށް ހުއްޓިފައިހުރި ލިފްޓަށް އެރުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ސިޑިން ތިރިއަށް ހިނގައިގަތެވެ. އިވުނު ބަސްތަކާއި ފެނުނު މަންޒަރުތަކުން ހިތަށް ކުރި އަސަރު ކަރުނައިގަ ސިފައިގައި ބޭރުވިޔަ ނުދޭން ކުރި މަސައްކަތުގެ ސަބަބުން އޭނާއަށް ކުރިމަތިލާން ޖެހުނީ މުޅީން އެހެން އިހުސާސަކާ އެވެ. އެއީ އޭނާ ދަންނަ ބިރުވެރި އިހުސާސެކެވެ. ސިކުނޑި ފުރި ބާރުވަމުންގޮސް ވަށައިގެންވާ ހަތަރުފާރުގެ ތެރޭގައި އޭނާ ފިތެމުންދާހެން ހީވާކަހަލަ އިހުސާސެކެވެ.
އައިލީންއަށް ސިޑީގެ އަރިމަތީގައި ޖަހާފައިވާ ރެއިލިންގްގައި ބާރަށް ހިފަހައްޓައިލެވުނު ނަމަވެސް ކަކުލުހުޅުން ވާގި ދޫވާން ފެށުމުން ޖެހުނީ ސިޑި މަތީގައި އިށީނދެލާށެވެ. "ޓައިލްސް.. ސްޓެއަރސް.. ރެއިލިންގް.. ޝޫޒް.." އޭނާ ހަށި ފުރާލަމުންދިޔަ ފުންނޭވާތަކުގެ ތެރެއިން ރީޝާ ދިން އިރުޝާދުތައް ހަނދާންކޮށް އައިލީން އޭނާގެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭންފެށި އެވެ.
*******************
މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ފުޑް ކޯޓުގެ މީހުންގިނަ ކެފޭއަކަށް ވަތް އިޒްކާ އޭނާ ބައްދަލުކުރަން އައި މޫނު ހޯދައިލުމަށް ތަނުގެ ވަށައިގެން ލޯ ހިންގައިލި އެވެ. ކެފޭގެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އިން ކިޔާރާ ފެނުމުން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކިޔާރާގެ ކުރިމައްޗަށް ވާގޮތަށް މޭޒުގެ އަނެއްފަރާތުގައި އިށީނެވެ. އިޒްކާގެ ދަބަހުން ނެގި ފިޔާތޮށި ކުލައިގެ ޕާރުސަލެއް މޭޒުމަތީގައި ބާއްވައިލުމާއެކު ކިޔާރާ އަތުގައި އޮތް ސިނގިރޭޓު އަޅިކެނޑީގެ ތެރެއަށް ނިވައިލާފައި އެ ޕާރުސަލް ނެގި އެވެ. ކަނަކުން ތަންކޮޅެއް ވީދައިލުމަށްފަހު ޕާރުސަލްގެ އެތެރެ ބަލައިލިހިނދު އޭނާގެ މޫނު އުޖާލާވެގެންދިޔަ އެވެ.
"ފަންސާސްހާސް. ހަމަވާނެ." އިޒްކާ ބުންޏެވެ.
"އެހެހެ. ތި ކާކު އަހަރެން އިތުބާރު ކުރަން؟" ކިޔާރާ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ.
"އަހަރެންވެސް ކިޔާރާއަށް ވަރަށް އިތުބާރުކޮށްފަ ދޯ ގުޅީ.. މިފަހަރު ކިޔާރާވެސް އަހަރެންނަށް އިތުބާރު ކުރޭ.. ޕްލީޒް.. ތި ގުނަންވިޔަސް މިތަނުގަ ނުނަގާފާނަންތަ؟ އަހަރެން ބޭނުމެއްނޫން އެއްވެސް ބައެއްގެ ސަމާލުކަން ލިބޭކަށް" ޕާރުސަލު ހުޅުވަން ހަރަކާތްކޮށްލި ކިޔާރާގެ އަތުގައި އިޒްކާ ހިފެހެއްޓި އެވެ.
"އޯކޭ.. އެކަމަކު މީ އަދި ބައިކުޅަ ބައެއްނު؟ ކޮބާ ބާކީ އެއްލައްކަ؟" އިޒްކާ އެދުނު ފަދައިން ޕާރުސަލުން އަތް ދޫކޮށްލަމުން ކިޔާރާ އަހައިލި އެވެ.
"އަހަރެން ބުނި ކަންތައް އަދި އެއްކޮށް ފުރިހަމަ ނުވެއެއްނު؟ ކައިވެނީގެ ރޭ އިތުރު ފަންސާސް ދޭނަން.. އެކަމަކު އައިލީންއާއި މައިޝާން ކައިވެނި ކުރެވުނަސް އެވަރަކުން ނުފުދޭނެ.. އަހަރެންނަށް ނަދާލްއާ ކައިވެނި ކުރެވެންދެން… އައިލީން އިންނަން ވާނީ މައިޝާންގެ އަންބެއްގެ ގޮތުގަ! ފަހު ފަންސާސް ދެވޭނީ އޭރުން" އިޒްކާ ސާފުކޮށް ކިޔައިދިނެވެ.
"ތިކަން އަހަރެންނަށް ދޫކޮށްލާ.. އަހަރެންނަށް ގުޅުމަކީ އިޒްކާ ކުރި ވަރަށް ސްމާޓްކަމެއް. ބައި ދަ ވޭ.. އިޒްކާއަށް ކިހިނެއް އެނގުނީ މައިޝާންއާއި އައިލީން އޭރު ދިމާވެއްޖެ ކަމެއް؟" ކިޔާރާގެ ހިތުގައި ފެށުނީއްސުރެން އުފެދިފައި އޮތް ސުވާލު އިޒްކާއާ ކޮށްލި އެވެ.
"ނަދާލްމެންގެ ގޭދޮށަށް އައިލީން އައި ފުރަތަމަ ދުވަހު ހިނގައިދިޔަ ހުރިހާކަމެއް ބަލަން އަހަރެން ހުރީމޭ.. ބެލްކަނީގަ.. އައިލީންއަށް މައިޝާން އެހީވިތަންވެސް ދުށިން.. އެނީވޭ.. އިތުރު ކަމެއް ނެތިއްޔާ އަހަރެން ދަނީ އެނގޭ.. އެއްޗަކަށް އޯޑަރ ކޮށްފިންތަ؟" ދަބަސް ކޮނޑުގައި އަޅުވައިލުމުގެ ކުރިން އޭގެން ނެގި ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް މޭޒުމަތީގައި ބާއްވައިލަމުން އިޒްކާ އަހައިލި އެވެ. "އަން.. ބޭނުން އެއްޗަކަށް އޯޑަރ ކޮށްފަ ބިލް ދައްކާލާ.. އެންޑް ކިޔާ.. ތެންކްޔޫ އެނގޭ.. ވަރަށް ވަރަށް ބޮޑަށް" ކިޔާރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އިޒްކާ ގޮނޑިން ތެދުވި އެވެ. އަދި ލޮލަށް އަވި އައިނު ހެޔޮވަރުކޮށްލަމުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ