ސަންޓޯސް، ބްރެޒިލް (ނޮވެމްބަރު 28) - ޗެލްސީގައި ވިދަމުން އަންނަ ބްރެޒިލްގެ ތަރި، އެސްޓެވާއޯ ވިލިއަން، ގެންދިއުމަށް ބާސެލޯނާ އަށް ހަތަރު އަހަރު ވަންދެން ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް، އަންްދްރޭ ކަރީ ބުނެފި އެވެ.
ޗެލްސީން މި ހަފްތާގެ ޗެމްޕިއަންސް ލީގުގައި 3-0 އިން ބާސެލޯނާ ބަލިކުރިއިރު، އެ މެޗުގައި 18 އަހަރުގެ އެސްޓެވާއޯ ވަނީ ތަފާތު ކުޅުމެއް ދައްކައި، މޮޅު ގޯލެއް ޖަހައިފަ އެވެ. އަދި، މިދިޔަ އަހަރު، 65 މިލިއަން ޑޮލަރު ޖުމްލަ އެކު އަރާ ޑީލެއްގައި، އެސްޓެވާއޯ، ޗެލްސީ އަށް ބަދަލުވެ، މި ސީޒަނުގައި އެ ޓީމަށް ކުޅެން ފަށައި އަންނަނީ ފެންވަރު ސާބިތުކޮށްދެމުންނެވެ.
ކުރިން ބާސެލޯނާގެ ސްކައުޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަރީ ބުނީ، އެސްޓެވާއޯ، ލައްވައި ބާސެލޯނާ އަށް ކުޅުވަން އޭނާ ގިނަ މަސައްކަތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން، ކަރީ އެންމެ ފުރަތަމަ އެސްޓެވާއޯގެ މައުލޫމާތު ބާސެލޯނާ އަށް ހިއްސާކުރީ 2018 ވަނަ އަހަރު އެވެ.
"އަހަރެން، 2019 ވަނަ އަހަރު ބާސެލޯނާގެ އޭރުގެ ސްޕޯޓިން ޑިރެކްޓަރު، އެރިކް (އަބިދާލް) ބްރެޒިލަށް ގެނައިން، އެއީ އެސްޓެވާއޯގެ މެޗުތައް ދައްކަން، އަހަރެން ބުނިން އެސްޓެވާއޯ ތަފާތޭ، އޭނަގެ ވިސްނުން ހުރީ މިހާރު ވެސް، އުމުރުން 11 އަހަރުގައި ވެސް ބެލޮންޑިއޯ ހޯދުމުގެ ޓާގެޓާ އެކުގައޭ،" ކަރީ ބުންޏެވެ.
ބާސެލޯނާގެ ސްކައުޓުގެ ރޯލު ދޫކޮށް، ކަރީ، ދެން މަސައްކަތް ކުރަން ފެށީ އެޖެންޓެއްގެ ގޮތުގަ އެވެ. އެ ގޮތުން ވެސް އޭނާ ވަނީ، އެސްޓެވާއޯ، ބާސެލޯނާ އަށް ހުށަހަޅަން މަސައްކަތްތަކެއް ކޮށްފަ އެވެ.
"ފަހުން ވެސް އަހަރެމެން ވާހަކަ ދެއްކިން، 2021، 2022، 2023 އަދި 2024 ގައި ވެސް. މީގެ ތެރެއިން އެކި ފަހަރު މަތިން އަހަރެމެން އެކި އޮފީސްތަކަށް ގޮސް ވެސް ބާސެލޯނާ އަށް އެސްޓެވާއޯ ހުށަހެޅިން، އަހަރެމެން ބުނިން މިއީ ފުޓްބޯޅައިގައި ބޮޑު ކުރިމަގެއް އޮތް ކުޅުންތެރިއެއް ކަމަށް، އެކަމަކު، ފަހުން އެ ފުރުސަތުގެ ބޭނުންހިފީ ޗެލްސީން،" ކަރީ ބުންޏެވެ.
އޭނާ ބުނީ، އެސްޓެވާއޯ ކުރިއަށް އޮތްތަނުގައި ބާސެލޯނާ އަށް ބަދަލުވެ، ލަމީން ޔަމާލާ އެކު އެއް ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ބާސެލޯނާގައި އެ ދެ ކުޅުންތެރިންނަށް، މެސީ-ނޭމާ، އެކުގައި ދެއްކި ކަހަލަ ކުޅުމެއް ދެއްކިދާނެ ކަމަށް ކަރީ ގަބޫލުކުރެ އެވެ.
އެސްޓެވާއޯ ގެންދަން ހަތަރު އަހަރު ބާސެލޯނާ އަށް ހުށަހެޅި އެސްޓެވާއޯ ގެންދަން ހަތަރު އަހަރު ބާސެލޯނާ އަށް ހުށަހެޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ