މަސްވެރިންގެ ކަންބޮޑުވުންތައް އެކިއެކި ފޯރަމްތަކުގައި އިވިވަޑައިގެންފައިވާ ކަމަށާއި އީޖާބީ ހައްލުތަކެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަސްވެރިން ފާހަގަކުރާ އެއްވެސް ކަމަކީ ބޭކާރުވެގެންދާނެ ކަމެއް ނޫން ކަމަށާއި މަސްވެރިކަން ކުރިއެރުވުމުގައި މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ވަރަސް މުހިއްމު ކަމަށެވެ.
ހަގީގީ މާނާގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ބޭނުންވާ ކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން މި ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭރުގެ ބައެއް ފަރާތްތަކުގެ ލޯނުގެ އެހީގައި ކުރިއަށްގެންދާ ބައެއް ކަންކަން ލަސްވިނަމަވެސް ގިނަ ކަންކަން ފެށުމުގެ މަރުހަލާއަށް ގޮސްފައިވާކަން ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމާއި އަދި މަސްވެރިން އެދިފައިވާ ކަންކަމަށް ވަރަށް އީޖާބީ ގޮތެއްގައި ކުރިއެރުން ތަކެއް ގެނެސްދޭން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރުވެސް، ބައެއް ކަންކަން ކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހުރި ގޮތަށް އެކަންކަމަށްވެސް ބަދަލުތައް ގެނެސްދޭން ކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އިވިއްޖެ، ހައްލު ގެނެސްދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ