ކުލަގަދަ ރަސްމިއްޔާތެއްގައި އުތުރުގެ އިގްތިސާދީ މައި ދޮރޯށި ހަނިމާދޫ އެއާޕޯޓް ހުޅުވައިފި

ރާއްޖޭގެ އުތުރުގެ އިގްތިސާދީ މައި ދޮރޯށީގެ ގޮތުގައި ސިފަކުރާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މިރޭ ހަނިމާދޫގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ ރަންވޭ ބޮޑުކޮށް ޓާމިނަލްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާފަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަހުން ތަރައްޤީ ކުރެވުނު ރަންވޭއަކީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓްފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޖާގަ ތަނަވަސް މި އެއަރޕޯޓްގައި އޭ-320 އަދި ބޮއިންގް-737ގެ މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ. މި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ބޭއްވޭ ޖާގައިގެ އޭޕްރަންއެއް ވެސް ތަރައްޤީކޮށްފައިވެއެވެ. މި މަޝްރޫއު އަށް ޖުމުލަ 2 ބިލިއަން ރުފިޔާ (800 މިލިއަން ޑޮލަރު) ވަނީ ޚަރަދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ