ފަރެސްމާތޮޑާ އެއާޕޯޓަށް ފުރަތަމަ ބޯޓު ޖައްސާ ރައްޔިތުން ހެއްވާލައިފި

ގދ. ފަރެސްމާތޮޑާއަށް ފުރަތަމަ ފުލައިޓު ޖައްސައިފިއެވެ.
މިއަދު ހަވީރު 17:15 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ފުލައިޓު Q26482 IAT އެވެ. މި ފުލައިޓު އެ އެއާޕޯޓަށް ބޯޓު ޖެއްސި މަންޒަރު ބަލަން ރަށުގެ ގިނަ ރައްޔިތުން ވަނީ އެއާޕޯޓު ސަރަހައްދަށް ޖަމާވެފައެވެ.
ަ
ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.
މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގައެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅުއެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވަޢުދެކެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ