ޗާގޯސް މައްސަލަ: ރައީސްގެ ސިޓީ ބާތިލު ކުރަން ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކާއި މުހައްމަދު މުސްތާގް ކިޔާ މީހެކެވެ.
ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.  
ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި  ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކާއި މުހައްމަދު މުސްތާގް ކިޔާ މީހެކެވެ.  މިދިއަ ބުރާސްފަތި ދުވަހު އެންމެ މަތީ ކޯޓަށް ވެއްދި ދުސްތޫރީ ދައުވާގައި އެދިފައި ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް، ޗާގޯސް އައިލެންޑާގެ ސިޔާދަތީ ބާރުވެރި ކަމާ ބެހޭ ގޮތުން ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައަޅައި ދޭށެވެ. އަދި ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އާ ހަވާލާ ދީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށް ވާތީ އެއީ މައްސަލަ ކޯޓަށް ގެންދިޔަ މައިގަނޑު ސަބަބު ކަމަށް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ