ސިއްހީ ދާއިރާގެ މުވައްޒަުންގެ މުސާރ ބޮޑުކޮށް ގެނައި ބަދަލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެގޮތުން އެވެރެޖްކޮށް 20،459ރ. ލިބޭ ރެޖިސްޓަޑް ނަރުހެއްގެ މުސާރަ މިހާރު ވަނީ 29،271ރ. އަށް ބޮޑުކޮށްފަ އެވެ. ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976ރ. ރުފިޔާ އަށް ބޮޑުކޮށްފަ އެވެ.
ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727ރ. ކަމަށް ވިޔަސް އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 41،541ރ. ލިބޭނެ އެވެ.
#Livestream: President @ibusolih unveils new salary structure for the health sector https://t.co/0KFnwnWcT0
— The President's Office (@presidencymv) April 30, 2023
ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137ރ. އަށް ބޮޑުކޮށްފަ އެވެ. އަދި އިތުރު ގަޑީގެ އެލަވަންސާ އެކު ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެ އިތުރުވާނެ.
ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944ރ. ނަމަވެސް މުސާރަ އަށް ގެނައި ބަދަލާއެކީ، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް ދެން މަހަކު 21،585ރ. ރުފިޔާ ލިބޭނެ އެވެ.
ސިއްހީ ދާއިރާގެ ބޮޑު މުސާރަ އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ