ޖުމުލަ ރިޒާވުން 37 މިލިއަން މަދުވެ، ހުރީ ހަތަރު މަހުގެ އިމްޕޯޓް ފައިސާ

ރާއްޖޭޖެ ޔޫޒަބަލް ރިޒާވުން މިދިޔަ މަހު ވަނީ 14 މިލިއަން ޑޮލަރު މަދުވެފަ އެވެ. ރިޒާވް ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ކުރު މުއްދަތުގެ ދަރަނި މަތިވުމާއި ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އިމްޕޯޓަށް ބާރު ބޮޑުވުމެވެ.
ޑިސެމްބަރު މަހު އިންޑިއާއިން ދިން ކަރަންސީ ސްވޮޕުގެ ސަބަބުން ރިޒާވް އުފުލުނު ނަމަވެސް މިދިޔަ މަހު ޖުމުލަ ރިޒާވުން 37 މިލިއަން އަދި ޔޫޒަބަލް - ބޭނުން ކުރެވޭ ރިޒާވުން 14 މިލިއަން ޑޮލަރު މަދު ވެއްޖެ އެވެ. 
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުފެ ފަހު ކުއާޓަރުގެ ކުއާޓަލީ ބްލެޓިން ދައްކާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ދިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ސަބަބުން ރާއްޖޭގެ ރިޒާވް 827.7 މިލިއަން ޑޮލަރަށް އުފުލުނު ނަމަވެސް މިދިޔަ މަހާ ހަމައަށް ބަލާނަމަ ރިޒާވް ވަނީ 789 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިި ބަދަލާއެކު ޔޫޒަބަލް ރިޒާވަށް ވެސް ބޮޑު އަސަރެއްކޮށް ވަނީ ދަށްވެފަ އެވެ. 
ސަރުކާރުގެ އެއްވެސް އިރާދާއަކުން ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު އާއްމެއް ނުކުރެ އެވެ. ނަމަވެސް ޔޫޒަބަލް ރިޒާވުގެ ނަމްބަރު އެނގެނީ ކުރު މުއްދަތުގެ ލޯނުތައް ޖުމްލަ ރިޒާވުން އުނި ކުރުމުންނެވެ. ޖެނުއަރީ މަހާ ހަމައަށް ބަލާނަމަ ކުރު މުއްދަތުގެ ދަރަނީގެ ނަމްބަރަކީ 536 ޑޮލަރެވެ. މިހާރު ޔޫޒަބަލް ރިޒާވް ހުރި ގޮތަށް ބަލާއިރު ޑިސެމްބަރު މަހަށްވުރެ މިދިޔަ މަހު ރިޒާވުން ވަނީ 14 މިލިއަން ޑޮލަރު މަދުވެފަ އެވެ. އަދި މިހާރު ހުރި 253 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް ހަތަރު މަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ