ބުރާސްފަތިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.އެ މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޒަކާތް މާޗް 23 އިން އޭޕްރީލް 18 އަށް ބަލައިގަންނާނެ ކަމަށެވެ. ކަލަންޑަރު ބުނާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23 ވާ ބުރާސްފަތި ދުވަހެވެ.މި އަހަރުވެސް ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ފައިސާ މޮބައިލް އަދި ބޭންކު އޮފް މޯލްޑިވްސް ގެ ޕޯޓަލް އާއި ފަހިޕޭ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ އިން ޒަކާތް ދެއްކޭނެ އެވެ. ބަނޑޭރި ޕޭ އިން ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެ އެވެ.އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިން ކޮށް ޒަކާތް ނުދެއްކޭ މީހުންނަށް މާޗް 26 ވަނަ ދުވަހު ފެށިގެން މިނިސްޓްރީގެ ހޯލުން ޒަކާތް ބަލައިގަންނާނެ އެވެ. އެ ދުވަސް ތަކުގައި ޒަކާތް ބަލައިގަންނާނީ ހެނދުނު 10 އިން 1:00 އަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ