ރަމީޒްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އެންގެވީ ރައީސް ޔާމީން: ޕީޕީއެމް

އަންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއަށް ހޯއްދަވައި ދެއްވުމަށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުގައި މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެއްލެވުމަށް އެންގެވީ ރައީސް ޔާމީން ކަމަށް ޕީޕީއެމް ބުނެފިއެވެ.
ޕީޕީއެމްގެ ސެނެޓްގައި ހިމެނޭ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅީ، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މި މައްސަލައިގައި ސުލޫކީ ކޮމިޓީން ވަނީ ރަމީޒުގެ ބަޔާން ވަނީ ނަގާފައެވެ.
މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ރަމީޒު ކުރައްވާފައިވާ ކަމަށެވެ. އަދި އެކަން ސީރިއަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޝިޔާމު ވިދާޅުވިއެވެ.
މިމައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީ ބަލަމުން އަންނަނިކޮށް ރަމީޒު ވަނީ ޕީޕީއެމުން އިސްތިއުފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ