ގުރައިދޫ ދާއިރާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ގުރައިދޫ ދާއިރާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ހުޅުވާލީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު ރިޒާ، ކެންސަރު ބަލީގައި އަވަހާރަވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15ގައި ބޭއްވުމަށެވެ.
ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ފޯމު ބަލައިގަންނާނެކަން އީސީން ހާމަކޮށްފައިވީ ނަމަވެސް ފޯމު ހުށަހެޅޭނެ ފަހު ތާރީހެއް ހާމަކޮށްފައެއްނުވެ އެވެ.
މިހާތަނަށް ބައި އިލެކްޝަންގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް ފުރުސަތު ހުޅުވާލާފައިވަނީ އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ