ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ދިޔަތާ 1 ގަޑިއިރުވެއްޖެ

ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ދިޔަތާ 1 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.
ހިޔާގެ ޓަވަރުތަކުން ކަރަންޓު ދިޔައީ އިރުއޮއްސެން އުޅެނިކޮށެވެ. އަދިވެސް އެފަހުން ކަރަންޓު ނުލިބެއެވެ.
މިކަމާ ގުޅިގެން ހިޔާ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ