ވިޔަފާރީގެ ގުޅުން ބަދަހިކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި
ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، އިގުތިސާދީ އެއްބާރުލުން އިތުރު ކުރެވޭނެ އައު ފުރުސަތުތަކާގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތްވާލް މަޝްވަރާ ކުރައްވައިފި އެވެ.މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރްތުވާލްއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކެޓްރީއާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް ކަމަށެވެ.އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް ވަރުގަދަކުރުމާއި، އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން މީގެކުރިން ވަނީ ބުނެފަ އެވެ.އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، އެ ގައުމުގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ