ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ވީކިހިނެއް؟ - ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުންނެވެ. އެގޮތުން:
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު މިދިޔަ މާޗު މަހު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އައްޔަންކުރީ ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި މުހައްމަދު ސަލީމް
ތަފްސީލް - ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި، މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ ބުދަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. އެގޮތުން:
ހައި ކޯޓުގެ ފަނޑިޔާރުގެ މުސާރައަށް ލިބެނީ:
އަސާސީ މުސާރަ މަހަކު 45،700ރ
ލިވިން އެލަވަންސް މަހަކު 18،000ރ
ރިސްކް އެލަވަންސް މަހަކު 3،300ރ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
އުމުރުން 25 އަހަރު ފުރިފައިވުން
އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ކުޑަތަންވެފައިވަނިކޮށެވެ. އެ ތިން ފަނޑިޔާރުން މިހާރު މަގާމަކު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ