އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި އާދަމް ޝާމިލް ބަހައްޓާފައި ހުރީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އެ ކޮމިޝަނުން ނުބަލާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް އޮތީމާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އޮފީހުގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް ލިބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ސަރުކާރަށް އަމާޒުވީއިރު ވެސް އެ މައްސަލަތައް އޭސީސީން ނުބަލައި އޮތުމުން ކަމަށެވެ.
"މުއިއްޒު މި ބެއްލެވީ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއޮއް ބޮޑު ކޮރަޕްޝަންތަކުގެ މައްސަލަތައް ހިނގާފައި ހުރި ފަސް އަހަރުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެންމެ މައްސަލައެއް ބަލައި ނުދިން މީހެއް މި ޝާމިލްއަކީ، އެހެންވީމާ ތިމަންނައަށް ގެރެންޓީ އެބައޮތޭ ތިމަންނަގެ ފަސް އަހަރު ވެސް މީނަ ހުރެއްޖެއްޔާ އެއްވެސް މައްސަލައެއް ނުބަލާނެކަން. އެހެންވެގެން ނޫންތޯ މީނަ މި ދަމަހައްޓަނީ،" ޔާމީން ވިދާޅުވި އެވެ.
ފާއިތުވި ވެރިކަންތަކުގައި ދައުލަތުގެ މާލިއްޔާއިން ގެއްލުނު އެއްވެސް ފައިސާއެއް ހޯދަން ކުރިން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މަސައްކަތެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ގެއްލުނު ފައިސާތައް ހޯދުމުގެ ނިޔަތެއް ވެރިންގެ ކިބައިގައި ނެތްނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަމުގައި މުއައްސަސާއެއް ހިންގުމުގެ ބެނުމަކީ ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"މިހާރު މީނަ ޖެހޭނީ އިނގޭތޯ، މީނަ ޖެހޭނީ ތިމަންނައަށް މިކަމެއް ނުވިޔޭ ކިޔާފައި އަމިއްލައަށް އިސްތިއުފާ ދީފައި ގެއަށް ދާން. އެކަމަކު މީނަ ދިޔަކަ ނުދޭނެޔޭ. މުއިއްޒު ބުނާނެ ހުރެދޭށޭ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އިންސާފު ހޯދުމުގެ މަސައްކަތުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ލީޑަރުން ފެއިލްވެފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް އާންމު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލިގެން ދިޔައީ ވެސް ޕާޓީތަކުގެ ބަހާއި އަމަލު ދިމާ ނުވުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭސީސީގެ ރައީސްއަކަށް ޝާމިލް ބަހައްޓާފައި ހުރީ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް އޮތީމަ: ޔާމީން އޭސީސީގެ ރައީސްއަކަށް ޝާމިލް ބަހައްޓާފައި ހުރީ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން މުއިއްޒުއަށް އޮތީމަ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ