ދަރިފުޅު ބޮޑުވީއެވެ. ކައިވެނިކުރާ ޢުމުރަށް އެޅުނީއެވެ. މިއަދާއި ހަމައަށް އައިއިރުވެސް ދަރިފުޅަކީ ކިޔަމަންތެރި، ބަސް ޤަބޫލުކުރާ، މައިންބަފައިންނަށް އިޙްތިރާމްކުރާ ކުއްޖެކެވެ. އެފަދަ ކުއްޖަކު ކުރާ ފުރަތަމަ ކުށަކީ މައިންބަފައިން ނުރުހޭ ކުއްޖަކާއި ކައިވެނިކުރުން ކަމަށް އެބަހަދައެވެ.
ދެމްމިވާގޮތަކީ މައިންބަފައިން ނުރުހުނަސް ކައިވެނިކުރަނީއެވެ. ތިމާމެންނަށް މާމަ، ކާފަކިޔާ ދަރިފުޅު އުފަންވަނީ އެއަންހެންކުއްޖާގެ ބަނޑުންނެވެ. ނުވަތަ ތިމާމެންނަށް މާމަ،ކާފަ ކިޔާ ދަރިފުޅުގެ ބައްޕައަކަށްމިވަނީ ތިމާމެންގެ އަންހެން ދަރިފުޅު ކައިވެނިކުރަން ނުރުހުނު ފިރިހެން ކުއްޖާއެވެ.
މަންމަޢާއި ބައްޕަކަމަށްވީތީ މާފުކޮށް ހިތްޙަލާލުކުރަން ކުރަން ބުނެވިދާނެއެވެ. ނަމަވެސް މިޒަމާނުގައި ގިނަފަހަރަށް އެކަން އޮންނަނީ ކުރަންވާ ގޮތަށް ނުކުރެވިފައެވެ. މާފުކޮށް ހިތްޙަލާލުކޮށްފިން ކަމަށް ބުންޏަސް އެކަން އެހައި ފަސޭހަކަމަކަށް ނުވެއެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ ދަރިފުޅު ވަކިމީހަކާ ކައިވެނިކުރަން ބޭނުންވެއްޖެނަމަ އެއީ ތިމާމެން ނުރުހޭ މީހަކު ނަމަވެސް އަވަހަށް ގޮސް ބައްދަލުކޮށް ރީތިކޮށް ވާހަކަދައްކާށެވެ! ދެރަކޮށްނުލާށެވެ! ރުޅިއަރުވައި ނުލާށެވެ! އެކަންކަން ކުރާފަހުން ދަރިފުޅު މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް ކައިވެނިކޮށްފިނަމަ ކުރިމަތިވާނެ މައްސަލަތައް މާބޮޑެތިވާނެކަން ޤަބޫލުކުރާށެވެ!
އެހެނެއް ނޫނެވެ. ނުރުހޭނަމަ ވަރަށް ލޯބިން އަމިއްލަ ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! ޤަބޫލުނުކޮށްފިނަމަ އެހިސާބުން ﷲ ތަޢާލާއަށް ވަކީލުކޮށް ހެޔޮދުޢާކުރާށެވެ. ގިނަ ޢާއިލާތަކުގައި ފިތުނަވެރިކަން އުފެދި މޫނުތައް ކުރިމަތިނުކުރެވިގެން އުޅެންޖެހެނީ މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ.
- މަޢުލޫމާތު މުފްތީ މެންކުގެ ދަރުސަކުން
ވިސްނާތި! ތިބާގެ މާމަ ނުވަތަ ކާފަދަރި އުފަންވާނީ ތިބާ، ތިބާގެ ދަރިފުޅު ކައިވެނިކުރަން ނުރުހުނު އަންހެންކުއްޖާގެ ބަނޑުންކަމަށްވުމަކީ ގާތުގަ އޮތް ކަމެއް!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ