މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް: ޔާމީން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަ ކުރައްވައިފި އެވެ.ޕީޕަލްސް ނެޝަނަލް ފްރަންޓުން ކުރިއަށްގެންދާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މުއިއްޒުގެ ވެރިކަމުގައި ޝަކުވާ ނޫން ޖާގައެއް އުފުލުމުގެ ޖާގައެއް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ."ޝަކުވާ ނޫން ކަމެއް އުފުލާނެ ޖާގަ ދިވެހިރާއްޖޭގައި ނެތީ މިއަދު. މިއީ އަޅުގަނޑުމެން ފެބްރިކޭޓް ކުރާ ކަމެއް ނޫން. މިއީ ދިވެހި ރައްޔިތުން މިއަދު އިހުސާސް ކުރާ، އުދާސް ކުރާ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން،" ޔާމީން ވިދާޅުވި އެވެ.މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށް ސިފަ ކުރައްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށްވާނީ ދިވެހި ރައްޔިތުން ފުނޑިގެންް ދިޔުން ކަމަށެވެ.އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ