ފެންބުޔަސް ޘަވާބު ލިބޭނެ ގޮތަށް އެކަންކުރާށެވެ! ނުވެސް އެގިހުއްޓާ ޘަވާބުތައް ދާނީ ތިބާގެ އެކައުންޓަށް ޖަމާވެ ފުނިޖެހެމުންނެވެ! އިން ޝާ ﷲ

ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ރަނގަޅު ނޫން ކަންކަން ވާނީ ހަމަ ރަނގަޅު ނޫން ކަންކަމަށެވެ. ފާހަގަކުރަން މިއުޅެނީ ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެއްގެ ވާހަކައެވެ. އިން ޝާ ﷲ
ފެންބޯއިރު ވައަތުން ތަށި އުފުލައި ކަނާއަތް ފުލުގައި ޖެއްސުމަކުން ސުންނަތް ޙާޞިލެއް ނުވާނެއެވެ. މުސްލިމުން ކައިބޮއި ހަދަން ޖެހޭނީ ކަނާއަތުންނެވެ. ވީމާ ތަށީގައި ހިފަންވާނީ ކަނައަތުންނެވެ.: (ޝައިޚް ޢާޞިމް އަލް-ޙަކީމް)
މިފުރުޞަތުގައިވެސް އަޅުގަނޑުމެންގެ އެކުވެރި ޝައިޚް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބަސްފުޅެއްގެ ހަނދާންވެސް އައުކޮށްލާނަމެވެ. "އެއްދުވަހު ޔުނިވަރސިޓީގައި ކިޔަވައި ދެއްވި އިމާމަކާއިއެކު ކެއުމެއްގައި ބައިވެރިވީމެވެ. ތަނުގެ ހައިބަތަކަށް ބަލައި ވައަތުން ތަށީގައި ހިފައި ކަނައަތް ތަށީގެ ފުލުގައި ޖެއްސުމުން އިމާމް ވިދާޅުވިއެވެ. "ތަށިބަހައްޓާށެވެ! އަދި ކަނާއަތުން ތަށި އުފުލާށެވެ! ކާތަށި ދޮންނަ ފަދައިން ފެންބޯތަށިވެސް ދޮންނާނީއެވެ."
ފެންބުޔަސް، ސައިބުޔަސް ޖޫސްބުޔަސް އަދި ކޮންމެ އެއްޗެއް ބުޔަސް ކަނައަތުން ހިފައި ތުންފަތުގައި ޖައްސާށެވެ. ހޮޅިން ބިޔަސް ތަށީގައި ހިފަންވާނީ ކަނައަތުންނެވެ.
ކަންކަން ކުރުމުގައި ބަލަންވީ އެހެން ބައަކު ރުހޭނެ ގޮތަކަށް ނޫނެވެ. ޘަވާބު ލިބޭނެ ގޮތަކަށެވެ. ޘަވާބު ލިބޭނީ ސުންނަތަށް ޢަމަލުކުރުމުންނެވެ. މިހުރީ ނުކޮށް ދޫކޮށްލަންވީ ކަންކަމެއް ނޫނެވެ. ޢަމަލުކުރަމުން ގެންދިއައިމަ ނުވެސް އެނގިހުއްޓައި އެތައް ބައިވަރު ޘަވާބުތައް އެމީހެއްގެ އެކައުންޓަށް ޖަމާކުރެވޭނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ