ނައިފަރު ގެޔަކަށް 4 ލައްކަ ރުފިޔާގެ ކަރަންޓު ބިލެއް!

ޅ.އަތޮޅު ނައިފަރު ގެއެއްގެ ކަރަންޓު ބިލަށް 400،000 ރުފިޔާ އަރާފައިވާ ކަމަށް ލިޔެފައިވާ ބިލެއް އެ ގެއަށް ފޮނުވައިފިއެވެ.
އޮންލައިން ނޫހެއްކަމުގައިވާ ”ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ކައުންސިލަށް ވެސް ލިބިފައިވާ ކަމަށާއި އެކަންކަން ކައުންސިލްގެ ފަރާތުން ބަލަމުންދާ ކަމަށެވެ.
ރަޝީދު އިތުރަށް ވިދާޅުވީ ނައިފަރުގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ފެނަކަ ބްރާޗުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ