ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއްކަންކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ވަނީ ބުނެފައެވެ.
އެ މީހާއާއި ގުޅޭ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ފުލުހުން މިއަދު ބުނ ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހަކީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއް ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑުކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ކާކުކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ފުލުހުން އިތުރަށް ހާމަރި ގޮތުގައި، ހުޅުމާލެއިން ފެނުނު މިމީހާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެ (ޑިކޮމްޕޯޒްވެ)ފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާ ބިދޭސީއެއްކަމަށް ބެލެވިދާނެ ބައެއްކަންކަން ވަނީ ހޯދިފައި: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ