ސުޕަމޭން ރިވިއުތައް ވަރަށް ވަރުގަދަ!
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ އެކްޝަން ފިލްމު "ސުޕަ މޭން"ގެ ކްރިޓީކް ރިވިއުތައް އާންމުކުރަން ފަށައިފިއެވެ. ޑޭވިޑް ކޮރެންސްވެޓް "ސުޕަ މޭން"ގެ ގޮތުގައި ފެނިގެންދާ އާ ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ޑީސީ ކޮމިކް ތަކުގެ ވާހަކަތައް އަލުން ފަށައި ސުޕަމޭންގެ ވާހަކަ ވެސް އަލުން ފަށާ މި ފިލްމަށް ފާޑުކިޔަމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ. https://www.youtube.com/watch?v=Wm3UkOcUt3M ފިލްމުގެ ޓްރެއިލާ އާ ގުޅިގެން އެތައް ބަޔަކު ބުނަމުން އަންނަނީ ފިލްމު ވެގެންދާނީ ބޮޑު ފްލޮޕަކަށް ކަމަށެވެ. ޓްރެއިލަރުތަކުން ފެނިގެންދާ މަންޒަރުތަކުން އާންމުންގެ އިތުބާރު ފިލްމަށް ލިބޭގޮތް ނުވިއެވެ. ނަމަވެސް މިހާރު ރިވިއުތައް އައިސްފައިވާއިރު ހިޔާލު އެއްކޮށް ބަދަލުވުން އެކަށީގެންވެއެވެ. ރޮޓެން ޓޮމާޓޯސް އިން ދާދިފަހުން ފިލްމުގެ ފުރަތަމަ ރިވިއު ބެޗު އާންމުކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 51 ކްރިޓީކުންގެ ރިވިއު އާންމުކޮށްފައިވާއިރު ފިލްމަށް 91 ޕަސެންޓު ލިބިފައިވެއެވެ. މިއީ ގިނަ ބަޔަކު ހީކުރި ވަރަށްވުރެ ރަނގަޅު ރިވިއުއެކެވެ. https://x.com/grishakyber/status/1942427786670662095 އެތައް ބަޔަކު ބުނަނީ ފިލްމުގެ ޕްލޮޓު ވަރަށް ވަރުގަދަ ކަމަށެވެ. އެންމެ ފާހަގަކުރެވުނު އެއް ވާހަކައަކީ އިޒްރާއިލުގެ ވާހަކައެވެ. އެތައް ކްރިޓީކުން ބުނަމުން އަންނަނީ މި ފިލްމަކީ އިޒްރާއިލާ ދެކޮޅަށް ޕްލޮޓު އެކުލަވާލައި އިޒްރާއިލުގެ އަސްލު ކުލަތައް ސިފަވާގޮތަށް އެކުލަވާލާފައިވާ ފިލްމެއް ކަމަށެވެ. ކޮރެންސްވެޓްގެ އެކްޓިން އަށް ތަރުހީބު ދޭއިރު ފިލްމުގެ މުޅި ކާސްޓަށް ވެސް ގިނަ ބައެއްގެ ތައުރީފު ރައްދުވެފައިވެއެވެ. މި ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ ނިކޮލަސް ހޯލްޓް އާއި ރޭޗަލް ބްރޮސްނާހަން އާއި ނޭތަން ފިލިއޯން އާއި މިލީ އަލްކޮކް އަދި އިޒަބެލާ މާސެޑް އެވެ. ޖޭމްސް ގަން ޑައިރެކްޓް ކޮށްދީފައިވާ އެ ފިލްމު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިހަފުތާގެ ހުކުރު ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ