ވާރު ހޭންޑްބޯލް ޗެެލެންޖުގެ ޗެމްޕިއަންކަން އިންފާނޯ ސްކޮޑުން ހޯދައިފި
މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗްގައި އިންފާނޯ ބައްދަލުކޮށްފައިވަނީ ޝޫޓާސް އާއެވެ. މި މެޗް އިންފާނޯ ސްކޮޑުން ކާމިޔާބު ކުރީ 5 - 3 އިންނެވެ. މިރޭ ކުޅުނު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިންފާނޯގެ ޖާޒީ ނަންބަރު 15 މަރިޔާމް ނާސިހާއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ އިންފާނޯ ސްކޮޑްގެ ޖާޒީ ނަންބަރު 4 އައިމިނަތު ނުހާއެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން:1. އިންފާނޯ ސްކޮޑް |ޖާޒީ: 21 | ނަޝްފާ އަޙްމަދު2. އިންފާނޯ ސްކޮޑް | ޖާޒީ: 4 | އާމިނަތު ނުހާ3. އިންފާނޯ ސްކޮޑް | ޖާޒީ: 15 | މަރިޔަމް ނާސިހާ4. ޝޫޓާސް | ނަޒާހަތު ޙަސަން 5. އިންފާނޯ ސްކޮޑް: ޖާޒީ 7 | އައިޝަތު ވިދާދާ6. ޝޫޓާސް | ޖާޒީ 27 | އައިޝަތު އީމާން7. ޓީމް ޔުނީކް | ޖާޒީ 8 | ހަފީޒާ އިބްރާހީމްމި މުބާރާތުގެ ކުއީންއަކަށް ހޮވުނީ އިންފާނޯ ސްކޮޑްގެ ޖާޒީ ނަންބަރު 4 އައިމިނަތު ނުހާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ