ކްރިމިނަލް ކޯޓުން އެންމެ ފަހުން ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ މަގާމު ހުސްވެފައި ވާތީ ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން ހުއްޓާލުމުން މައްސަލަތައް ބަލައި ގަތުމަށް ސްޕްރީމް ކޯޓުން ކުރި ފުރަތަމަ އަމުރަށް ކުރިމިނަލް ކޯޓުން ތަބާނުވުމުން ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ދެވަނަ އަމުރަށް ކުރިމިނަލް ކޯޓުން ތަބާވެ ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް މިއަދު ބަލައި ގަންނަން ފަށައިފިއެވެ.
ޕީޖީ އަކު ނެތުމުން ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައި ނުގަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު ގިނަ އަދަދެއްގެ މައްސަލަތައް ފުނިޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވި 20 މައްސަލަ ވެސް އެކޯޓުން ބަލައިގެންފައިވަ ކަމަށެވެ.
މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ކުރިން އަމުރު ނެރުމުން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ "ގަވާއިދާ އެއްގޮތަށް" ހުށަހަޅާ މައްސަލަތައް ބަލައިގަތުމަށް އެ އަމުރުގައި އޮންނާތީ ީ ޕީޖީއަކު ނެތި ހުށަހަޅާ މައްސަލަތަކަކީ "ގަވާއިދާ އެއްގޮތަށް" ހުށަހަޅާ މައްސަލަތަކަކަށް ނުވާތީ އެމައްސަލަތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ