ކަރަންޓު ހަރަދު ކުޑަކޮށްދޭ ހިޓާޗީގެ ތިން އުފެއްދުމެއް އެސްޓީއޯ އިން ލޯންޗްކޮށްފި

50 ޕަސެންޓަށް ކަރަންޓް ހަރަދު ކުޑަކޮށްދޭ ހިޓާޗީ ބްރޭންޑްގެ ތިން އުފެއްދުމެއް އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފި އެވެ.
މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ "މަސީ ބިލްޑް އެކްސްޕޯ" ގައި އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައި ވަނީ 50 ޕަސެންޓާ ހަމައަށް ކަރަންޓް ހަރަދު ކުޑަކޮށްދޭ އިންވާޓާ އެއާކޮންޑިޝަން މޮޑެލްއަކާއި އިންވާޓާ ރެފްރިޖިރޭޓަރުގެ ދެ މޮޑެލްއެއްގެ އިތުރުން ހިޓާޗީ ޝަވާ ހީޓަރެކެވެ.
މި އުފެއްދުންތައް އެސްޓީއޯ ހޯމް އިމްޕްރޫމްމަންޓުން އަންނަ މަހު ލިބޭނެ ކަމަށާއި މި 3 އުފެއްދުމަކީ ވެސް ތިމާވެއްޓާ ރައްޓެހި ރައްޓެހި އުފެއްދުންތަކެއް ކަމަށް އެސްޓީއޯ އިން ހާމަކުރެ އެވެ.
އެސްޓީއޯގެ ސީނިއާ ބްރޭންޑް މެނޭޖަރު އިބްރާހިމް ނަޖާހް މިއަދު އެކުންފުނިން ލޯންޗް ކުރި އިންވާޓާ އެއާކޮންޑިޝަނާ ބެހޭ މައުލޫމާތުދެއްވަމުން ވިދާޅުވީ މި އެއާކޯންގައި މުޅިން އާ ފީޗާއެއްކަމަށްވާ "އެއާ ސްލީޕް ސެންސާ"އެއް ހިމަނާފައިވާ ކަމަށާއި އޭގެ ސަބަބުން ކޮންމެމީހަކަށް ވެސް އަރާމު ނިންޖަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
މި އެއާކޯންގެ 9،000 ބިޓީޔޫ އާއި 18،000 ބީޓީޔޫ އެސްޓީއޯ އިން ވިއްކާއިރު، އަގުތައް އުޅޭނީ 11،000ރ. އިން ފެށިގެން 13،000ރ. އާ ދެމެދުގައި ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.
އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައިވާ އިންވާޓާ ރެފްރިޖިރޭޓަރަކީ އޭގެ ސަބަބުން ފިނިކުރުމަށް ބޭނުންވާ ކަރަންޓްގެ ހަރަދު 50 ޕަސެންޓާ ހަމައަށް ކުޑަކޮށްދޭ އުފެއްދުމެއް ކަމަށް ނަޖާހު ވިދާޅުވި އެވެ.
މި ރެފްރިޖިރޭޓަރުގައި ޑުއަލް ފޭން އެއް ހިމެނިފައިވާ ކަމަށާއި އޭގެ ސަބަބުން ފްރީޒް ނުވަތަ ގަނޑުކުރުމަށް ބޭނުންވާ ބަޔާއި ފިނިކުރުމަށް ބޭނުންކުރާ ބައި ތަފާތު ދެ ކޮމްޕާޓްމަންޓެއް ގޮތުގައި ވަކިވަކިން މަސައްކަތް ކުރާނެކަމަށް ނަޖާހް ވިދާޅުވި އެވެ.
މި ފްރިޖް އެ ކުންފުނިން ވިއްކަނީ ގާތްގަނޑަކަށް 12،000ރ. އަށެވެ.
އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައިވަނީ ޝަވާ ހީޓާއެކެވެ. މި ޝަވާ ހީޓާގެ "ހެޑަކީ" ފަންގަސް ނުޖަހާ ގޮތަށް އުފައްދާފައިވާ އެއްޗެއް ކަމަށް ނަޖާހު ވިދާޅުވި އެވެ.
މިއީ ފެނުގައި ބޭނުންކުރާ އެއްޗަކަށް ވުމާއި ފެން ހޫނުކުރަން ބޭނުންކުރާ އެއްޗަކަށް ވުމުން އޭގައި 12 ސޭފްޓީ ފީޗާސް ހިމެނިފައިވާ ކަމަށް ވެސް ނަޖާހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ