ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ޕީޕީއެމްއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު، ޕީޕީއެމްއަށް މިރޭ ސޮއި ކުރައްވައިފި އެވެ.
މިރޭ ކުރިޔަށްދިޔަ ޕީޕީއެމްގެ ޖަލްސާގައި، ޔާމީން ވަނީ ޕީޕީއެމްއަށް ސޮއި ކުރެއްވި ފޯމު ޕީޕީއެމްގެ ރައީސް މައުމޫން އަބްުދުލްޤައްޔޫމާ ހަވާލު ކުރައްވާފައެވެ. މެމްބަރު ޔާމީން މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓެއްގައި އެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ހުރިހާ އުސޫލަކުން ޑިމޮކްރަސީ އިހްސާސް ކުރެވި ފެންނަން ޖެހޭނެ ކަމަށެވެ. ޔާމީންގެ އިތުރުން ވެލިދޫ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، މާލޭގެ ބައެއް ޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ