ކޯވިޑް-19: އަލާމާތްތައް ފެންނަނާތީ ވިލާތާއި މެދުއިރު މައްޗަށް ދަތުރުކުރި ދިވެއްސަކު ޓެސްޓު ކުރަނީ

މެދުއިރު މަތީގެ ބައެއް ގައުމުތަކާއި ވިލާތުގެ ބައެއް ގައުމުތަކަށް ދަތުރުކޮށްފައިވާ ދިވެއްސަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ އޭނާ ޓެސްޓު ކުރަން ނިންމީ ބަލީގެ އަލާމާތްތައް ގައިން ފެންނާތީ އެވެ. މިހާރު އޭނާ ވެލިދޫ އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،#ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ.
— HPA Maldives (@HPA_MV) March 23, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ