ތޮއްޖެހިގެން ފިހާރައަށް ގޮސްގެން އެއްޗެހި ގަތުމުގެ ބަދަލުގައި ޑެލިވަރީގެ ޙިދުމަތް ހޯދުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު އެދެފިއެވެ.މާލެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުކަން އިޢުލާނުކުރުމާ ގުޅިގެން މާލެގެ ފިހާރަތަކަށް ގިނަ ބަޔަކު ދަނީ އެއްވަމުންނެވެ. މިއީ މިވަގުތު އެންމެ ރައްކާތެރި ގޮތް ނޫންކަމަށާއި ގޭގައި މަޑުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އަންގަމުންނެވެ. މިކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ކޮށްފައިވާ ޓުވީޓެއްގައިވަނީ ގޭގައި ތިބެގެންވެސް އެސްޓީއޯ ސުޕަރ މާކެޓުން ބޭނުން ހުރިހާއެއްޗެއް ގަނެވޭނެކަމަށެވެ. އެހެންކަމުން ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދިއުމަށް އަމްރު އެދިފައި ވެއެވެ.އެގޮތުން ގޭގައި ތިބެގެން ވިޔަފާރިކުރުމަށް އެސްޓީއޯއިން މިހާރު ގާއިމް ކޮށްފައިވާ އޮންލައިން ޕްލެޓްފޯމްގެ އެހީގައި ވިޔަފާރިކުރެވޭނެކަން އަމްރު ފާހަގަ ކޮށްފައިވެއެވެ. އެގޮތުން "އީސްޓޯރ.އެމްވީ" މެދުވެރިކޮށް މިހާރުވެސް ތަކެތި ގަނެވޭނެއެވެ.މިއަދު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ރާއްޖެއިން މިހާތަަނަށް މި ބައްޔައް ޕޮޒިޓިވް ވެފައިވަނީ 21 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 15 ބިދޭސީންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ފިހާރައަށް ނުގޮސް ޑެލިވަރީގެ ޙިދުމަތް ހޯދާ- އަމްރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ