ކުޅުދުއްފުށީ ހޮސްޕިޓަލުގައި "ފްރެޝް އެއާ ސިސްޓަމް" ހަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގައި ފުރެޝް އެއާ ސިސްޓަމް ހަރުކޮށް ނިންމާލައިފިއެވެ.
ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސަސް އަހުމަދު ދާވޫދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި ފުރެޝް އެއާ ސިސްޓަމް ހަރުކޮށްފައިވަނީ ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކަމަށެވެ.
"ހޮސްޕިޓަލުގެ ވާރޑްތަކަކީ ހޫނުގަދަ ތަނެއް. ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އަދި ގައިނީ ވާރޑް އަކީ ކުރިއަށް އޮތް ތަނުގައި އީ.އާރުގެ ގޮތަށް ތަރައްޤީ ކުރަން ނިންމާފައިވާ ވާރޑް ކަމުގައި ވާތީ އެ ވާރޑްގައި ފްރެޝް އެއަރ ސިސްޓަމް ހަރުކުރެވިގެން މި ދިޔައީ" ދާވޫދު ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ ގިނަ ގޮންޖެހުން ތަކަކާއި ހުރި އެ މަސައްކަތް ލަސްވެގެން ދިޔަ ކަމަށާއި މަސައްކަތް ކުރުމަށް ވަރޑްތައް ހުސް ނުކުރެވުނު ކަމަށެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ. އަޅުގަނޑުމެންގެ ވަރޑްތަކުގައި އެނދު މަދުވުމުން މަސައްކަތް ކުރުމަށް ވާރޑްތައް ހުހެއް ނުކުރެވުނު. އަދި ސީލިންގގެ މަރާމާތުތައް ވެސް ކުރުމަށް އެބަ ބޭނުންވޭ. މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި. އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" އަހްމަދު ދާއޫދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 1.3 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ