އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އީސީގެ މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ވަކިވަކިން ކޮމިޝަނުގެ މެމްބަރުންނަށް ފޮނުވި އަމުރުގައި ބުނެފައިވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު ކޯޓަށް ހާޒިރުވުމަށެވެ.
ކޮމިޝަނުގެ މެމްބަރުން އެ ކޯޓަށް ހާޒިރުކުރަނީ އެ ކޯޓުގެ އަމުރުތަކާ ޚިލާފަށް ކަންކަން ކޮށް ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ވާހަކަތައް ކޮމިޝަނުން ދައްކަމުންދާތީ ކަމަށް އެ އަމުރުގައި ވެއެވެ.
އިތުރަށް އެ އަމުރުގައި ބުނެފައިވަނީ އީސީގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ އީސީގެ ފަރާތުން ބާއްވާފައިވާ ބައެއް ޕްރެސްކޮންފަރެންސްތަކުގައި އެކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީއާއި ކުދި ޕާޓީތައް ނުއުވޭނެ ކަމަށް ބުނެ ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އަމަލުކޮށްފައި ނުވާތީއާއި، 9 ޖެނުއަރީ 2014 ގައި އީސީގެ މައްޗަށް އެކޯޓުން ކޮށްފައިވާ އަމުރަށް ގޮންޖަހައި ގާނޫން އަސާސީގެ 145 ވަނަ މާއްދާގެ ނއާއި ގަސްދުގައި ހިލާފުވަމުންދާތީ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޮމިޝަންގެ ހަތަރު މެމްބަރުންނަށް ވެސް މާދަމާ ކޯޓަށް ހާޒިރުވުމަށް އަމުރުލިބިފައިވާ ކަމަށާއި އެ އަމުރާއި އެއްގޮތަށް މާދަމާ ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިލެކްޝަންސްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ