ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހެދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.                         
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ނަސީރު މިއަދު ވިދާޅޚުވީ ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހެދުމާއި މެދު އޭނާއަށް ތާއިދު ކުރާ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެޕާޓީއާއި އެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދި އެއްބަސްވުމަކާއި ހަމައަށް ނުދެވޭ ކަމަށާއި އެހިސާބަށް ދެވުމުން ކޯލިޝަން ހަދާނެ ކަމަށް އުމަރު ވިދާޅުވިއެވެ. 
ޕީޕީއެމްގެ ޕްރައިމަރީގައި ދިމާވި މައްސަލަތަކާއި ގުޅިގެން އެޕާޓީގެ މެންބަރު ކަމުން ވަކިކޮށްފައިވާ އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއި ނުކުރައްވާނެ ކަމަށާއި އެޕާޓީއާއި ގުޅޭނީ އެހެނިހެން ޕާޓީތަކުން ވެސް ކޯލިޝަން ހަދަމުންދާ ގޮތަށް ކަމަށެވެ. 
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމު އިބުރާހީމުގެ ރަނިންމޭޓަކަށް ހަމަޖެއްސުމަށް ޝޯޓުލިސްޓު ކުރި ބޭފުޅުންގެ ތެރޭގައި އުމަރު ނަސީރު ވެސް ހިމެނެއެވެ. އަދި ޑރ.ހަސަން ސައީދަށް އެމަގާމު ދިނުމާއި ގުޅިގެން އުމަރު ޖުމްހޫރީ ޕާޓީއާއި ފެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް އުމަރު އަދި ވެސް ހުންނެވީ ޖުމްހޫރީ ޕާޓީއާއި އެކު ކުރިއަށް ވަޑައިގެންނެވުމަށެވެ. އުމަރު ގަބޫލު ކުރައްވާ ގޮތުގައި ރަނިންމޭޓަކު ކަނޑައެޅުމުގައި ޖޭޕީން ނިންމި ނިންމުން ރަނގަޅެވެ. 
އުމަރު ނަސީރުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝިދާއި ޕީޕީއެމުގެ ކެންޑިޑޭތު އަބުދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިގަތަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
    
    އުމަރު ނަސީރު ވެސް ޖުމްހޫރީ ޕާޓީއާއި ކޯލިޝަން ހަދަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            