ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ 4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވައިފި

ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ 4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވައިފި އެވެ.މި ޑޭޓާ ސެންޓަރު ހުޅުއްވައިދެއްވީ ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރަކީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލަޔަބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑު ފުރިހަމަވާ ސެންޓަރެކެވެ.އެ ސެންޓަރު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ އެ ތަން ހުޅުވުމަކީ ރާއްޖެއަށް ލިބުނު ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައިދިނުން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ވަރުގަދަކުރަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ." ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ. ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ ޑޭޓާ ސެންޓަރަކީ އިންފްރާސްޓްރަކްޗާ، ރިލައިބިލިޓީ އަދި ސެކިއުރިޓީއަށް ބެލި ނަމަވެސް އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ތަނެއް ކަމަށެވެ."މީގެ ސަބަބުން، ވިޔަފާރިވެރިންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފުކޮށް ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ދިރާގު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ