ހޫނު ފެން ބޯން އާދަކުރަންވީ މިހެންވެ

ހޫނު ފެން ނުވަތަ ހޫނު ފެނަށް ލުނބޯ ފޮއްޗެއް ލުމަށްފަހު ބުއިމުން ހަށިގަނޑަށް ފައިދާތަކެއް ކުރުވާ ވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. ހެނދުނު ހޭލުމަށްފަހު ހޫނު ފެން ނުވަތަ ތާފަނާ ފެން ތަށްޓެއް ބޯލުމުން ހަށިގަނޑަށް ލިބޭ ހިތްހަމަޖެހުމާ އެއްވަރަށް އެއީ ހަށިގަނޑު ހައިޑްރޭޓްކޮށްދިނުމުގައި އެހީތެރިވެދޭނޭ އާދައެކެވެ. މީގެއިތުރުން ކާނާ ހަޖަމުކޮށްދިނުމުގައި ލުއިފަސޭހަކޮށްދީ، ސްޓްރެސްވުމާ ދުރުހެލިކޮށްދީ ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އެމެރިކާގެ ނިއުއޮލީންސްގެ މެޑިކަލް ސެންޓަރެއްގައި ކްލިނިކަލް ރެޖިސްޓަޑް ޑައިޓީޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ކެތެރީން މެރެންގޯ ބުނެފައިވާ ގޮތުގައި ފިނިފެން ބުއިމަށްވުރެ ހޫނުފެން ބުއިމުން ހަށިގަނޑު މާބޮޑަށް ރިލެކްސްވެ, ހަށިގަނޑަށް އަރާމުކަމެއް ގެނެސްދޭ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ހޫނު ފެން ބޯން އާދަވެފައި ނުވާނަމަ ލުނބޯ އަޅައިގެން ފެން ބުއިމަށް އާދަކުރެވިދާނެ--ފޮޓޯ/ޕިންޓްރެސްޓް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ނިދުމުގެ ކުރިންނާއި ހެނދުނު ހޭލުމަށްފަހު ހޫނު ފެން ބުއިމުން ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބޭކަމުގެ އިހުސާސް ކުރުވައެވެ. ނަމަވެސް މިއީ އަދިވެސް ދިރާސާކުރުން މުހިއްމު ކަމެއްގެ ގޮތުގައި ކެތެރީން މެރެންގޯ ވެސް ވަނީ ފާހަގަކޮށްފައެވެ. ހޫނު ފެނާއެކު އިތުރު ސިއްހީ ފައިދާތައް ހޯދަން ބޭނުންވާ ނަމަ ވިޓަމިން ސީ އެކުލެވޭ ބާވަތެއް ފެނާ އެއްކޮށްގެން ބުއިމަކީ ވެސް ފައިދާހުރި ކަމެކެވެ. އެގޮތުން އެންމެ އާއްމުކޮށް ގިނަ މީހުން ތާފަނާ ފެން ލުނބޮއާ އެކު ބޯ ކަމަށް ކެތެރީން މެރެންގޯ ވަނީ ބުނެފައެވެ. ހޫނު ފެން ބުއިމަކީ ސައިނަސް މައްސަލަ ހުންނަ މީހުންނަށް ވެސް ވަރަށް ބޮޑު ލުޔެއް އެކަމުން ލިބޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް އާދަވެގެން ހޫނު ފެން ބުއިމުން ލިބިދޭ ފައިދާތަކުގެ ތެރެއިން ކެތެރީން މެރެންގޯ ފާހަގަކޮށްފައިވާ މުހިއްމު ކަންކަމުގެތެރޭ ހޫނު ފެނުގައި ހުންނަ އާވީގެ ސަބަބުން ސައިނަސް ހުންނަ މީހުންނަށް ސައިނަސްއާ ގުޅިގެން އަންނަ ބޮލުގައި ރިހުމަށް ލުޔެއް ލިބި ނޭވާލުމަށް ފަސޭހަވެއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހޫނުފެން އަދި ފިނި ފެން ވެސް ނުލިބުމަކީ އެކަމުން ނާވަސް ސިސްޓަމްއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ކެތެރީން މެރެންގޯ ފާހަގަކުރި ގޮތުގައި 2019ވަނަ އަހަރު މިކަމާ ގުޅިގެން ކުރެވުނު ދިރާސާއެއް ދައްކާގޮތުގައި ފެން ބުއިމުގެ ސަބަބުން ސެންޓްރަލް ނާވަސް ސިސްޓަމް މަސައްކަތްކޮށްދޭ މިންވަރު އިތުރުކޮށްދީ ހަލުވިކަމާ އެކު ސިކުނޑި މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ގިނަ ބަޔަކަށް ކުރިމަތިވާ އެންޒައިޓީގެ މައްސަލައަށް ލުޔެއް ލިބުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ވެސް ހަށިގަނޑަށް ފިނިކަން އިހުސާސްވާނަމަ އެކަމަށް ލުޔެއް ލިބޭނެ އެންމެ އަވަސް ގޮތަކީ ވެސް ހޫނުފެން ބުއިން ކަމަށް ކެތެރީން މެރެންގޯ ވަނީ ފާހަގަކޮށްފައެވެ. މުޅި ދުވަހު މަސައްކަތުގައި އުޅުމަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލުމުން ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބޭކަމުގެ އިހުސާސް ކުރުވާއިރު ނިދުމުގެ ކުރިން ތާފަނާ ފެން ނުވަތަ ހޫނު ފެން ބުއިމަކީ ވެސް ހަށިގަނޑަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ކެތެރީން ވަނީ ބުނެފައެވެ. ހޫނުފެން ބޯން އާދަވެފައި ނެތް މީހެއް ނަމަ ފެން ކުޑަކޮށް ހިހޫވުމުން ބޯން އާދަކުރެވިދާނެ ކަމަށާއި ލުނބޯ ފޮއްޗަކާ އެކު ފެން ބުއިމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ކެތެރީން މެރެންގޯ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ