ކުޅުދުއްފުއްޓަށް ދިޔަ ދެ ވަނަ ފްލައިޓަށް ވެސް ޖެއްސުނީ އުނދަގުލުން

ހދ. ކުޅުދުއްފުއްޓަށް މިއަދު މެންދުރު ފަހު ފުރި މޯލްޑިވިއަންގެ ދެ ވަނަ ފްލައިޓު، ވަރަށް އުނދަގުލުން ޖައްސައިފި އެވެ.
ވީ ކިހިނެއް؟- މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ ފުރަތަމަ ބޯޓު، މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސުނެވެ. އެހެންވެ، އެ ބޯޓަށް ޖެހުނީ އަނބުރާލާފައި މާލެ އަންނާށެވެ. އޭގެ ކުރިން، ނ. މާފަރު އެއާޕޯޓަށް ޖެއްސޭތޯ ވެސް އެ ބޯޓުން މަސައްކަތް ކުރި އެވެ. އެކަމަކު ގަޑިއިރަކަށް ވުރެ ގިނައިރު މަތީގައި އުދުހުމަށް ފަހު ނުޖެއްސިގެން އެންމެ ފަހުން ޖެހުނީ މާލެ އަންނާށެވެ.
މޯލްޑިވިއަންގެ ދެ ވަނަ ބޯޓު، ކުޅުދުއްފުއްޓަށް ޖައްސަން އޮތީ މެންދުރު ފަހު 1:55ގަ އެވެ.
އެކަމަކު ވައިގަދަ ވުމުގެ ސަބަބުން ނުޖެއްސިގެން، މަތީގައި އިރުގަނޑަކު އުދުހެން ޖެހުނު
ރަންވޭގައި ނުޖެއްސިގެން ވިއްސަކަށް މިނިޓް ބޯޓު މަތީގައި އޮތް
ބޯޓު ޖެއްސީ، ދެ ވަނަ ފަހަރަށް މަސައްކަތްކޮށްގެން، އުނދަގުލުން
އުތުރަށް އޮތީ ވައިޓް އެލާޓް
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، އުތުރުގެ އަތޮޅުތަކަށް މޫސުން ގޯހެވެ. އެތަނުން ބުނިގޮތުގައި:
ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މޫސުން ގޯސް
ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ
ގަޑިއަކު 19 މޭލާއި 24 މޭލަށް ވައި ޖެހޭނެ
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހި ކަނޑުތައް ގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ