މީހަކު އިބްނު ޢުމަރު رضي الله عنهما އަށް ސިޓީއެއް ފޮނުވާފައި ދެންނެވިއެވެ.
"ތިމަންނާއަށް ހުރިހާ ޢިލްމެއް ލިޔެދެއްވާށެވެ."
އިބްނު ޢުމަރު رضي الله عنهما ޖަވާބުގައި ލިޔުއްވިއެވެ.
"ހަމަކަށަވަރުން ޢިލްމަކީ ވަރަށް ގިނަ އެއްޗެކެވެ. (އެބަހީ: އެ ހުރިހާ އެއްޗެއް ނުލިޔެވޭނެއެވެ.) އެހެނަސް ތިބާއަށް ވެގެން ވަންޏާ، ﷲ އާ ބައްދަލުކުރާ އިރުގައި މީސްތަކުންގެ ލޭ އޮހޮރުވާލާފައި ނުދާށެވެ. އަދި މީސްތަކުންގެ މުދާ ކައިގެން ނުދާށެވެ. އަދި އެބައިމީހުންގެ އަބުރަށް އަރައިގަތުމުން ދޫ ހިފަހައްޓާ ޙާލުގައި ދާށެވެ. އަދި މުސްލިމުންގެ ޖަމާޢަތާ އެކުގައިވާ ޙާލުގައި އެއިލާހާ ބައްދަލުކުރާށެވެ."
[سير أعلام النبلاء للذهبي (3 / 222)]
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުކުރަންޖެހޭނެ ވަޤުތަށް ސަމާލުވެ ކުރަން އިބުނު ޢުމަރު ރޢ ވަޞިއްޔަތް ކުރެއްވެވި ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ