ބިން ހިއްކުމުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދިން ބިންތައް އަތުލައިފިން: ރައީސް

އެކި މަޝްރޫއުތަކުގައި ބިން ހިއްކުމުން، ބޭރުގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ދިން ހުރިހާ ބިމެއް މިހާރު އަތުލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟- މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑެތި ބައެއް މަޝްރޫއުތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ހުރީ، ބިން ހިއްކައިދިނުމުން، ބަދަލުގައި އެ ކުންފުންޏަށް ބިމެއް ދޭ ގޮތަށް ކަމަށެވެ. އެކަމަކު މިހާރު އެ ހުރިހާ ބިމެއް އެ ކުންފުނިތަކުން އަތުލާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ނޯންނާނެ ކުރީ ސަރުކާރަކުން ބަދަލުގެ ގޮތުގައި ދިން އެއްވެސް ބިމެއް. ހުރިހާ ބިމެއް މިހާރު ސަރުކާރަށް ނަގައިފިން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއާ އާއި ހުޅުމާލޭ- ފޭސް 3ގެ މަޝްރޫއު ވެސް ހަވާލުކޮށްފައި އޮތީ ބަދަލުގެ ގޮތުގައި ތިލަފުށިންނާއި އެހެން ތަންތަނުން މަސައްކަތް ކުރާ ކުންފުންޏަށް ބިން ދީގެންނެވެ. އެކަމަކު އެ ހުރިހާ އެގްރީމެންޓުތަކެއް މިހާރު ބާތިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ދެން ސަރުކާރުން މި ފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނީ ބަދަލުގެ ގޮތުގައި ބިން ދޭން ނުޖެހޭ ގޮތަށް
އޭގެ ބަދަލުގައި މަސައްކަތް ކުރާނީ ކޮންޓްރެކްޓަރުން ހޯދައިގެން ކަމަށް ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ