މުދައްރިސުންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް ދަރިވަރުންނަށް ވަޒީރު ލްތިމާސްކުރައްވައިފި

ދިރާސީ އައު އަހަރު ފެށުމާ ގުޅިގެން އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން، ދަރިވަރުންގެ މުސްތަޤުބަލު ގުޅިފައިވަނީ މުދައްރިސުންނާ ކަމަށާއި، މުދައްރިސުންނަށް އިޙްތިރާމްކޮށް، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް ދަރިވަރުންނަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވަޒީރުންނާއި ޕްރިންސިޕަލުންނާއި ސީނިއަރ މެނޭޖްމަންޓުން ކުރާ މަސައްކަތަކީ ދަރިވަރުންނާއި މުދައްރިސުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކެކެވެ. މީގެ ތެރޭގައި ވަސީލަތްތައް ހަމަކުރުމާއި، ސްކޫލް ނިޒާމު ހަރުދަނާކުރުމާއި، ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއެކު، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އަޅާލުމާއި، ލޯބިވުމާއި، ރީތިބަހުން މުޢާމަލާތްކުރުންފަދަ ރިވެތި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ