ބޭންކު އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ މަދުވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުއުފުލާން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން ބައެއް ކަސްޓަމަރުން ދަނީ ބީއެމްއެލްއާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
ޑަބަލްކޮށް ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ބައެއް ކަސްޓަމަރުން ބުނެފައި ވާއިރު، އެކައުންޓު ބެލެންސް ހުލިވެފައިވާ ކަމާއި، ނުކުރާ މުއާމަލާތްތަކަށް ފައިސާ އުނިކޮށްފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ.
މުހައްމަދު ޒަމީރު ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ "ވަރަށް ބޮޑުކޮށް ކޮންމެ ޓްރާންސެކްޝަނެއް ދެ ފަހަރު އެކައުންޓުން ކަނޑާފައި އެބަހުރި،" ކަމަށެވެ.
"މިވަރު ވީމަ ވަރަށް ގޯސްވީމި."
އެހެން ކަސްޓަމަރު ބުނެފައި ވަނީ އޭނާގެ އެކައުންޓުން 1800ރ. އުނިފައިވާ ކަމަށާއި، މީގެ ކުރިން ވެސް މިގޮތަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ.
"މިއީ އަހަރެމެން ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ،"
"ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިން ފެލުމުގައި އަވަދި ނެތި،" ކަމަށް އަހުމަދު ސައީދު ޕޯސްޓުކުރީ، 222 އެމެރިކާ ޑޮލަރު އުނިވެފައިވާކަމުގެ ސްކްރީން ފޮޓޯއަކާއެކު އެވެ.
މުހައްމަދު ޒައިދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެކައުންޓުން އިތުރަށް 2000 އަށް ވުރެ ގިނަ ރުފިޔާ ކަނޑާލައިފި ކަމަށެވެ.
އެ މައްސަލައިގައި ބީއެމްއެލްއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް ކޯލް ސެންޓަރަށް ނުގުޅޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
"މިވަރުން ވެސް ރައްޔިތުންގެ ބޭންކު،" އޭނާ ބުނެފައިވެ އެވެ.
މި މައްސަލަތައް ދިމާވެގެން ބީއެމްއެލްއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް، ކޯލް ސެންޓަރުން އަދި އޭއައި ބޮޓު (އާޔާ) ގެ އިތުރުން މޯބައިލް އެޕުން މެސެޖުކޮށްގެން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބައެެއް މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާއަށް ހިތްހަމަ ނުޖެހުން ބަންޑުންކޮށްލަން ޖެހުނީ އެހެެންވެ ކަމަށް އެ މީހުން ބުނެ އެވެ.
އެކައުންޓުން ފައިސާ މަދުވި ސަބަބު އޮޅުން ފިލުވައި ދޭންޖެހޭނެ ކަމަށް ބުނެ ކަސްޓަމަރަކު އެކްސްގައި ކުރި ޕޯސްޓަކަށް ބީއެމްއެލްއިން ދިން ޖަވާބުގައި ބުނެފައި ވަނީ ކުރިމަތިވި މައްސަލަ ފާހަގަ ކުރެވި، ވަގުތުން ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ.
އެއް މޭރުމަކުން ކޮންމެ ކަސްޓަމަރަކަށް ވެސް ބީއެމްއެލްއިން ދެމުންދާ ޖަވާބުގައި ބުނެފައި ވަނީ ސެޓްލްކުރެވިފައިވާ ޓްރާންސެކްޝަންތަކެއް ވެސް ޕެންޑިންގެ ގޮތުގައި އެބަ ހުރި ކަމަށާއި، އެހެންވެ، އެކައުންޓު ބެލެންސް މަދުކަމަށް ފެންނާނެ ކަމަށެވެ.
މި މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެ އެވެ.
އެކައުންޓުތަކުން ފައިސާ މަދުވެގެން ބީއެމްއެލް އާމެދު ހިތްހަމަ ނުޖެހުން ބޮޑުވެއްޖެ އެކައުންޓުތަކުން ފައިސާ މަދުވެގެން ބީއެމްއެލް އާމެދު ހިތްހަމަ ނުޖެހުން ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ