ލާޒިއޯ (ޖޫން 3) - މަގާމު ދޫކޮށްލިތާ 15 މަސް ފަަހުން، އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ، އަލުން ލާޒިއޯގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ސާރީ، 66، ލާޒިއޯގެ ކޯޗުކަމުން އަމިއްލަ އަށް އިސްތިއުފާ ދިނީ މިިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެއީ، އެ ކްލަބް ހިންގުމުގައި މެނޭޖްމަންޓުން ހަރަދުކުރުމުގެ ކަންކަން ކުރާ ގޮތަށް ފާޑުކިޔައިފަ އެވެ. އަދި، ލާޒިއޯ ކޯޗުކަން ދޫކޮށްލަން އޭރު މެނޭޖްމަންޓުން ސާރީ އަށް ޕްރެޝަރު އައީ، އެ ވަގުތަށް ބަލާއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމުންނެވެ.
އެންމެ ފަހުން ލާޒިއޯ ކޯޗަކަށް ހުރިއިރު، ތިން އަހަރު އެ މަގާމުގައި ސާރީ ހޭދަކުރި އެވެ. ސާރީ އަށް ފަހު، ލާޒިއޯ އިން ގެނައި ކޯޗު، މާކޯ ބަރޯނީއާ އެކު، އެ ޓީމު މިދިޔަ ސީޒަނުގައި ލީގު ނިންމާލީ ހަތް ވަނައިގައި ކަމަށްވާތީީވެ، ޔޫރަޕްގެ މުބާރާތަކުން ޖާގައެއް ނުލިބެ އެެވެ.
ސާރީ އަށް މި ފަހަރު ލާޒިއޯ އިން ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ.
ސާރީ އެންމެ ފުރަތަމަ ފުޓްބޯޅަ ކޯޗުކަން ކުރީ ބޭންކެއްގައި ވަޒީފާ އަދާކުރަމުން ހުސް ގަޑީގަ އެވެ. ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ ފުލްޓައިމްކޮށް ކޯޗިންގެ މަސައްކަތް ފެށީ 1999 ވަނަ އަހަރެވެ. ކޯޗިންގައި އޭނާގެ މަސައްކަތް ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ފަހުން ނަޕޯލީގައި ވެސް، 2015 އިން 2018 އަށް ވަނީ ތަފާތު ދައްކައި ޝައުގުވެރި ފުޓްބޯޅައެއް ކުޅުވައިފަ އެވެ.
ޗެލްސީ އަށް ކޯޗުކޮށްދިން ސީޒަނުގައި ސާރީ ވަނީ އެ ޓީމަށް 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ޗެލްސީގައި ވަގުތު ދިންނަމަ ކާމިޔާބު ހޯދޭނެ ކަމަށް ސާރީ ބުނެފައިވެ އެވެ. އޭގެ ފަަހުން، ޔުވެންޓަސް އަށް އެއް ސީޒަނުގައި ކޯޗުކޮށްދިނެވެ. އަދި ޔުވެންޓަސްއާ އެކު، އެ ފަހަރު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުން ބަލިވިއިރު، ލީގު ހޯދީ ވެސް ކުޑަ ފަރަގަކުންނެވެ. އެ ހުރިހާ ކަމަކަށް ބަލައި ސާރީ ވަކިކުރަން ޔުވެންޓަސް އިން ނިންމީ އެވެ. ސާރީގެ ބަދަލުގައި ޔުވެންޓަސްއާ ހަވާލުވި އަންދްރެއާ ޕިރްލޯ އަށް ވެސް ވަނީ އެއް ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުކަން ގެއްލިފަ އެވެ.
15 މަސް ފަހުން ސާރީ އަލުން ލާޒިއޯއާ ހަވާލުވެއްޖެ 15 މަސް ފަހުން ސާރީ އަލުން ލާޒިއޯއާ ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ