މާލީ ހިދުމަތްތައް ކުރިއެރުވުމަށް "ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި އެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ގޮތަށް އުފެއްދި މި ކުންފުނީގެ ކެޕިޓަލްއަކީ އެއް ބިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސް އާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގެ ހިދުމަތްތައް ހިމެނޭ ގޮތުން، މާލީ ހިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން،" އެ ކުންފުނި އުފެއްދި މަގުސަދުގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.
މާލީ ދާއިރާ ތަރައްގީކުރަން ސަރުކާރުން ކުންފުންޏެއް އުފެއްދިއިރު، އިގުތިސޯދު ސިންދަފާތުކުރުމުގައި މާލީ ސިނާއަތްތައް ކުރިއެރުވުން ހިމެނެ އެވެ. ބެލެވޭ ގޮތުގައި މި އުފެއްދި ކުންފުންޏަކީ ސަރުކާރުން މިފަހުން އިއުލާންކުރި، މޯލްޑިވްސް ފައިނޭންޝަލް ސެންޓަރާ ގުޅުން ހުރި މަސައްކަތްތަކަށް އުފެއްދި ކުންފުންޏެކެވެ.
މިއީ ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ސަރުކާރުން އުފެއްދި ދެވަނަ ކުންފުންޏެވެ. ހުކުރު ދުވަހު ސަރުކާރުން އުފެއްދީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑުގެ ނަމުގައި ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތައް ކުރުމަށް ހާއްސަ ކުންފުންޏެކެވެ.
މި ސަރުކާރުން ކުންފުނިތައް އުފައްދަމުން އަންނައިރު، ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ އެޖެންޑާގައި ކުންފުނިތައް އުވާލުމާއި އެއްކޮށްލުމުގެ މަސައްކަތް ހިމަނާފައިވެ އެވެ. އެކަމަކު މި ސިޔާސަތުގެ ދަށުން އެއްވެސް ކުންފުންޏަކަށް އަދި ބަދަލެއް ނާދެ އެވެ. އަދި އުވާލަން ބުނިމ ކުންފުނިތަކުގެ މަސައްކަތެއް ވެސް ކުރިއަކަށް ނުދެ އެވެ.
މާލީ ހިދުމަތްތައް ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން އަނެއްކާ ވެސް ކުންފުންޏެއް އުފައްދައިފި މާލީ ހިދުމަތްތައް ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން އަނެއްކާ ވެސް ކުންފުންޏެއް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ