އީވް ކްލިނިކް ވެސްޓްޕާކުގައި އެޑްވާންސްޑް ކޮސްމެޓިކް ޕްރޮސީޖާގެ ޚިދުމަތް ފަށައިފި
އީވް ކްލިނިކް ވެސްޓް ޕާކުގައި އެޑްވާންސްޑް ކޮސްމެޓިކް ޕްރޮސީޖާތަކުގެ ޚިދުމަތް ފަށައިފިއެވެ. އީވް ކްލިނިކުން ވަނީ ގުދުރަތީ ރީތިކަން އިތުރުކުރުމަށް ނުވަތަ ދިގު މުއްދަތަކަށް ދިމާވެފައިވާ ހަމުގެ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ އެކްލިނިކުން ލިބެންހުންނާނެ ކަމަށް ބުނެފައެވެ. އަދި މި ފަރުވާ ދެނީ ކަމާގުޅުންހުރި މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި ޒަމަނީ ކޮސްމެޓިކް ފަރުވާތައް ރައްކާތެރި ފަސޭހަ އަދި ޕްރޮފިޝަނަލް މާހައުލެއްގައި އީވް ކްލިނިކް ވެސްޓް ޕާކުން ފޯރުކޮށްދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެގޮތުން އީވް ކްލިނިކް ވެސްޓު ޕާކުން ލިބޭ ތަފާތު ހަމުގެ ކޮސްމެޓިކް ޕްރޮސީޖާތަކުގެ ތެރޭގައި ހިމެނެނީ: ސްކިން ޓެގްސް، މޯލްސް އަދި ވޯޓްސް ނައްތާލުން- އަވަހަށް އަދި ރަނގަޅަށް ނައްތާލައި އޮމާންކަމާއި ސާފުކަން ގެނެސްދިނުން އެކްނީ އަދި އެކްސީ ސްކާގެ ޓްރީޓްމެންޓް- ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ފަރުވާތައް މެދުވެރިކޮށް މޫނުގައި ނުކުންނަ އެކްނީ ފަރުވާކުރުމާއި ނިޝާންތައް ކުޑަކުރުން ކެމިކަލް ޕީލްސް- މަޑުމައިތިރިކަމާއެކު ހަމުގެ މަތީ ފަށަލަ ނަގައި އައު ފަހިކަމެއް ގެނެސްދިނުން ލޭޒަރް މެދުވެރިކޮށް އިސްތަށި ނެގުން- އިސްތަށި ނުފެޅޭ ގޮތަށް ހެދުމާއެކު އަބަދު ބޭލުމާއި ވެކްސް ކުރުމުން ސަލާމަތްކުރުން ޓެޓޫ ރިމޫވަލް- ޒަމާނީ ލޭޒަރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްކާތެރިކަމާއެކު ޓެޓޫ ރިމޫވްކުރުން އިސްތަށިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ފެޅުމަށް ޕީއާރްޕީ/ޖީއެފްސީ- ގުދުރަތީ އާލާކުރަނިވި ފަރުވާތައް މެދުވެރިކޮށްގެން އިސްތަށި ފެޅުވުން އިތުރުކޮށް އިސްތަށީގެ ބުޑުތައް ވަރުގަދަކުރުން ޕީއާރްޕީއާއެކު މައިކްރޯނީޑްލިން- މޫނުގައި ނިކުންނަ އެކްނީގެ ނިޝާންތައް ރަނގަޅުކޮށް ހަން ބާރުކޮށް އަދި ދުވަސްވުމުގެ ނިޝާންތައް މަދުކުރުން ސެބޭޝަސް ސިސްޓް އަދި ނިޔަފަތި ނެގުން- މާހިރުންގެ ބެލުމުގެ ދަށުން ކުރެވޭ ކުދި ސާޖަރީތައް ލަކުނު ނައްތާލުން އެ ކްލިނިކުން ބުނީ ހަމުގެ ފަރުވާ ފަށަން ބޭނުންވިކަމުގައި ވިޔަސް އަދި ރީތިކަން އިތުރުކުރުމުގެ އިތުރު ގޮތްތައް ބަލަން ބޭނުންވިޔަސް އެ ކްލިނިކުގެ ގާބިލު ހަމުގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން މެދުވެރިކޮށް ބޭނުންވާ އެންމެ އެކަށޭނެ ޕްލޭންތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އީވްކްލިނިކް ވެސްޓްޕާކަކީ ލައިސެންސް ލިބިފައިވާ ހަމުގެ ސްޕެޝަލިސްޓުންގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގެ އާލާތްތައް މެދުވެރިކޮށް ސިއްރު ހިފެހެއްޓޭނެ އަދި އަތްފޯރާފަށުގައި ހާއްސަ އޮފާތަކާއިއެކު ޚިދުމަތް ލިބޭނެ ތަނެއްކަން އެ ކްލިނިކުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ